-Advertisement-

-Advertisement-

އޯގަސްޓް 1 ފެށިގެން މާލެ ސަރަހައްދުގައި ކުނި ނަގާ ގަޑިތަކަށް ބަދަލު ގެންނަނީ

ފޮޓޯ: އައްޑޫލައިވް

ވެމްކޯއިން މާލެ ސަރަހައްދުގައި ކުނި ނަގާ ގަޑިތަކަށާއި މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެންނަން ނިންމައިފިއެވެ.

ސަރުކާރުން ވަނީ މާލެ ސަރަހައްދު ތޮއްޖެހުމުން ސަލާމަތް ކުރުމަށް މިހާރު ކުނިނަގާ ގަޑިތަކާ މުދާ އުފުލާ ގަޑީތަކަށް ބަދަލު ގެންނަން ނިންމާފައެވެ.

“މާލެ ވެހި” ޕްރޮގްރާމްގެ ދަށުން ގެނެވޭ މިބަދަލު އަންނަ އޮގަސްޓްމަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށާއި ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި މިކަން އެއްކޮށް ތަންފީޒުކުރާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މިހާރު ކުނި ނެގުމުގައި އަމަލު ކުރާ ގޮތުން އަދި މުދާ އުފުލުމަށް ވަކި ގަޑިއެއް ކަނޑައަޅާފައި ނުވާތީވެ ސްކޫލް ގަޑިތަކާއި އޮފީސް ގަޑިތަކުގައި ވެސް މާލޭގެ މަގުތަކުގައި ޓްރެފިކްވާ ކަމަށެވެ.

އެހެންކަމުން ކަމާއި ގުޅޭ ފަރާތްތަކާއި މަޝްވާރާ ކުރުމަށްފަހު ވަކި ސައިޒަކަށްވުރެ ބޮޑެތި ވެހިކަލްތައް ބޭނުންކޮށްގެން މުދާ އުފުލުމަށް ވަކި ގަޑިތަކެއް ކަނޑައަޅާފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން އަންނަ އޮގަސްޓު 1 ވަނަ ދުވަހުން ފެށިގެން ވެމްކޯއިން ކުނި ނަގާނީ ރޭގަނޑު 10 އިން ފަތިހު 5:00 އަށް ކަމަށާއި ވަކި ސައިޒެއްގެ އުޅަނދުތައް ބޭނުންކޮށްގެން މުދާ އުފުލޭނީ  ރޭގަނޑު 8 އިން ފަތިހު 5 އަށް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-