-Advertisement-

-Advertisement-

ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓަކަށް ރާއްޖޭގެ ޕާސްޕޯޓް

ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ރާއްޖެއިން އަނެއްކާވެސް ދަމަހައްޓައިފި އެވެ.

ނުވަ ދަރަޖައިގެ ކުރިއެރުމަކާ އެކު، ރާއްޖެއިން ވަނީ ފާއިތުވި ތިން އަހަރުވެސް މިމަގާމު ހޯދާފައެވެ.

މި ސަރަހައްދުގައި އެންމެ ބާރުގަދަ ޕާސްޕޯޓްގެ މަގާމު ހޯދައިފައި ދުރާލާ ވިސާ ހޯދުމެއް ނެތި، ފަސޭހަކަމާ އެކު އެތެރެވެވޭ ޕާސްޕޯޓުތައް ބަލައިގެން ހެންލީ އެންޑް ޕާޓްނާސް އިން ނެރޭ ޕާސްޕޯޓް އިންޑެކްސްގައި މިއަހަރު ރާއްޖެއިން ވަނީ މިދިޔަ އަހަރަށް ވުރެ ނުވަ ދަރަޖަ މަތިން ޖާގަ ހޯދާފައެވެ.

މިދިޔަ އަހަރު ރާއްޖެ މުޅި ދުނިޔެ އިން 61 ވަނައިގައި ރާއްޖެ އޮތް އިރު، މިއަހަރު ރާއްޖެ އޮތީ 52 ވަނައިގަ އެވެ. މިފަހަރު ޗައިނާއަށް ވުރެއްވެސް މަތީގައި ރާއްޖެ އޮތްއިރު، ޗައިނާ އޮތީ މިލިސްޓުގެ 59 ވަނައިގައެވެ.

ރާއްޖޭގެ ޕާސްޕޯޓުގައި ވިސާ ހޯދުމެއް ނެތި 94 ގައުމަށް ދަތުރުކުރެވޭއިރު، މިސަރަހައްދުގެ ދެވަނައިގައި އޮތީ ދުނިޔޭގެ ރޭންކިންގައި 82 ވަނައިގައި އޮތް އިންޑިއާ އެވެ. ދެވަނައިގައި ބޫޓާން 87 ވަނައިގައި ސްރީލަންކާ އޮތީ 93 ވަނައިގަ އެވެ. ބަންގްލަދޭޝް 97 ވަނައިގައި އޮތްއިރު ނޭޕާލް އޮތީ 98 ވަނައިގަ އެވެ. އަދި ޕާކިސްތާނު އޮތީ 100 ވަނައިގަ އެވެ.

މިއަހަރު މުޅި ދުނިޔެއިން އެންމެ ބާރުގަދަ ޕާސްޕޯޓަށް ހޮވިފައި ވަނީ ސިންގަޕޫރްގެ ޕާސްޕޯޓެވެ. އެ ގައުމުގެ ޕާސްޕޯޓުގައި 195 ގައުމަކަށް ވިސާއާ ނުލާ ދަތުރު ކުރެވެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-