-Advertisement-

-Advertisement-

އެއްލާލާފައި އޮއްވާ ފެނުނު ދަބަހަކުން ބަނގުރާ ދަޅުތަކެއް ފެނުނު މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ފޮޓޯ: ދިވެހި ފުލުހުންގެ އިދާރާ

އެއްލާލާފައި އޮއްވާ ފެނުނު ދަބަހަކުން ބަނގުރާ ދަޅުތަކެއް ފެނުނު މައްސަލަ އާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ބަނގުރާ ދަޅުތަކަކާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، ބުރާސްފަތި ދުވަހުގެ ހެނދުނު ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ހުޅުމާލެ ބީޗު ކުލަބް ކައިރިން ދެ މީހަކު ދަބަހެއް އެއްލައިލާފައި ދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދެ މީހުން ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ ދެ މީހުން އެއްލައިލި ދަބަސް ބަލައިފާސް ކުރުމުން 27 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލަ އާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-