-Advertisement-

-Advertisement-

ޑްރައިވިން ލައިސަންސް ޓެސްޓް ހެދުމުގެ ނިޒާމު ބަދަލުކުރަނީ

ފޮޓޯ: އަވަސް

ޑްރައިވިން ލައިސަންސް ޓެސްޓް ހެދުމުގެ ނިޒާމު ބަދަލުކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިކަން އިއުލާން ކޮށްފައިވަނީ މާލެ އާއި ވިލިމާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ކަނޑައަޅައި ޓްރާންސްޕޯޓް މިނިސްޓްރީން ރޭ އިފްތިތާހުކުރި “މާލެ ފަހި” ޕްރޮގްރާމްގައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މާލެ އާއި ވިލިމާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ތެރެއިން ލައިސަންސް ދޫކުރަމުން ގެންދާ އުސޫލުތައް މުރާޖާކޮށް ހަރުދަނާ ބަދަލުތަކެއް ގެންނަން ޖެހެ އެވެ.

އެމިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ތިއަރީ ޓެސްޓް ދިނުމުގައި ކޮމްޕިއުޓަރައިޒްޑް ރައްކާތެރި ސުވާލު ލިސްޓެއްގެ ތެރެއިން ތިއަރީ ޓެސްޓު ދެވެނެ ނިޒާމަކަށް ބަދަލު ކުރުމާއި ފަރިތަކުރަން ޓެސްޓު ހެދުން ހަރުދަނާ ކުރަން ޖެހެއެވެ.

ފަރިތަކުރަން ޓެސްޓު ހެދުން ހަރުދަނާ ކުރުމުގެ ގޮތުން އެޓެސްޓު ފުލުހުންގެ ބެލުމުގެ ދަށުން ނުވަތަ އެކަމުގެ ހަރުދަނާ ސިސްޓަމެއް ގާއިމްކޮށްފައިވާ ބައެއްގެ ބެލުމުގެ ދަށަށް ބަދަލުކުރުމަކީ މިވަގުތު ހާލަތައް ބަލާއިރު ގެންނަންޖެހޭ ބަދަލެއް ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން، ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވަނީ އެއްގަމު އުޅަނދުތަކުގެ ތާޑް ޕާޓީ އިންޝުއަރެންސް ޕޮލިސީ ބަދަލުކޮށް، އެ ޕޮލިސީގެ ދަށުން ދެވޭ ކަވަރޭޖަށް ބަދަލު ގެންނާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-