-Advertisement-

-Advertisement-

ދަރިފުޅު ކެއުމާއި ދުރުތަ؟ މީއީ ތަޖުރިބާކާރެއްގެ އިރުޝާދު

ތުއްތުކުދިން ކެއުމުގެ ތެރޭގައި އެއްތަނެއްގައި މަޑުނުވެ އެތި އެތި ކޮޅު ކަމުން ދުވެ ކުޅެ ހަދުމަކީ ވަރަށް ގިނަ ބެލެނިވެރިންގެ ޝަކުވާއެކެވެ. އަދި ބައެއް ފަހަރު ބަތް ތަށިހިފައިގެން މަންމަ ދަރިފުޅު ފަހަތުން ދުވަންޖެހޭ ފަހަރުވެސް މަދެއް ނޫނެވެ. މައްޝޫރު ޕީޑިއަޓްރިކް އޮކިއުޕޭޝަނަލް ތެރަޕިސްޓެއް ކަމަށްވާ އަހާނާ ޗޯޕްރާ ބުނުއްވާ ގޮތުގައި މިގޮތަށް ތުއްތުކުދިން ކެއުމުގެ ތެރޭގައި ހެލިފެލިވެ އުޅެނީ އެކުދިންގެ ހަކަތަ ގިނަވުމާއި ސެންސަރީ ބޭނުންތައް ފުއްދުމަށްޓަކާކަމެވެ. މި ނުރަނގަޅު އާދަ ފިލުވާލުމަށްޓަކައި ތިރީގައިވާ ކަންތައްތައް އާދަކޮށް ކުރަން ޖެހެއެވެ.

1. އާއިލާ އެންމެނާއި އެއްކޮށް ކާވަގުތުގައި ކެއުން.
މީގެ ސަބަބުން ކެއުން ބުއިމުގެ އާދަތަށް ކުއްޖާއަށް ދަސްކުރަން ފަސޭހަވެއެވެ.

2. ކެއުމުގެ 15 މިނުޓު ކުރިން ހެލިފެލިވެ އުޅޭ ކުޅިވަރެއް ކުޅުވާށެވެ.
މިސާލަކަށް ގޭތެރޭގައި ދުވެލުން، ސިޑިން އަރާ ފައިބާ ހަދާލުން، ބަރުކޮށް ދަބަހެއް އަޅައިގެން ހިނގާލުން ނުވަތަ ބަރު އެއްޗެއް ކޮށްޕާ ދަމާލުން (ކުޅޭ ވަށިގަނޑެއް ކަހަލަ އެއްޗެއް) . މީގެ ސަބަބުން އެކުދިންގެ ސެންސަރީ ބޭނުންތައް ފުއްދޭނެއެވެ.

3. ކުއްޖާ ކެއުމަށްދޭ ސަމާލުކަން ގެއްލޭކަންކަމުން ދުރުކުރާށެވެ.
ކުއްޖާ ސަމާލުކަން ނަގައިގަންނާނެ އަޑުތަކާއި، ކުޅޭ ތަކެތި ދުރުކުރާށެވެ. އަދި ކާތަކެއްޗާ މެދު ކުއްޖާ ޝައުޤުވެރި ކުރުވާށެވެ.

4. ބައިވަރު ކާތަކެތި ތައްޓަށް އެއްފަހަރާ ނާޅާށެވެ.
ކާތެކި މަދުން އެޅުމުން ކުއްޖާ ކެއުމަށް ފޫހި ނުވާނެއެވެ. ކޮންމެ ބާވަތަކުންވެސް މަދު އެތިކޮޅެއް ތަށީގައި ބަހައްޓާށެވެ. އަދި އިތުރަށް ބޭނުންވުމުން ތަށްޓަށް އިތުރު ކުރަމުން ދާށެވެ. ބައެއް ކުދިން 3 އިރު ކެއުމަށްފަހު 3 ކުދިކެއުން (ސްނެކް) ބޭނުން ވުމަކީ މައްސަލައެއް ނޫނެވެ.

5. ކާވަގުތަކީ މަޖާ ވަގުތެއް ކަމުގައި ހަދާށެވެ.
ކާވަގުތުގައި ކުއްޖާއާއި މަޖާކޮށްލާ ވާހަކަ ދައްކަން މަސައްކަތް ކުރާށެވެ. ކުއްޖާއަށް ކަމުދާ ވާހަކަ ފޮތެއްވެސް ބޭނުން ކުރެވިދާނެއެވެ.

6. ކާ ވަގުތު ގިނައިރު ނުކުރާށެވެ.
ފުރަތަމަކޮޅު ކާވަގުތަކީ ކުރު ވަގުތުތަކަކަށް ހެދުމުން ކުއްޖާ ފޫހިނުވާނެއެވެ. އަދި މަޑުމަޑުން ކުއްޖާ މި ގަޑިއަށް ހޭނުނީމާ ފަހުން ގިނަ އިރު ވިޔަސް ފޫހިނުވާނެއެވެ. ކުޑަކުދިން ގަޔާ ނުވާ ކަންކަން މަޑުމަޑުން ކުޑަ މުއްދަތަކަށް ކުރުމުން އެކުދިންނަށް އެކަމަކަށް ޝައުގުވެރިކަން އުފެދޭނެއެވެ.

އުއްމީދު ކުރަނީ މި ބުނެވުނު ކަންތައްތަކަކީ ކިޔުންތެރިއާއަށް ބޭނުން ހިފޭނެ ކަންތައްތަކެއް ކަމުގައިވުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-