ބާޒާރުން ލިބެން ހުންނަ އަގުބޮޑު ފޭޝިއަލްތައް ނުގަތަސް ގޭގައި ހުންނަ ސާމާނުން ވަރަށް ފަސޭހައިން މޫނު ރީތިކޮށްލެވިދާނެއެވެ. މި އާޓިކަލްގައިވާ ފޭޝިއަލްއަކީ ގޭގައި ބާކީވާ ބަތްކޮޅުން ހަދާލެވޭ ވަރަށް ފަސޭހަ ފޭޝިއަލް އެކެވެ.
ބޭނުންވާ ތަކެތި:
½ ޖޯޑު ބަތް
1-2 ސައިސަމްސާ މާމުއި
ކުޑަ ފެން ފޮދެއް
ތައްޔާރު ކުރާނެ ގޮތް
ބަތްކޮޅާއި، މާމުއި ކުޑަ ފެންފޮދެއްގައި މިކްސަރުގައި މުގުރާލާށެވެ. މޫނުގައި އުނގުޅާ ލެވޭ ވަރަށް ޕޭސްޓު ގޮތަށް މުގުރާލާށެވެ. އެއަށްފަހުގައި މޭކަޕް ފިއްސަކުން މޫނުގައި އުނގުޅާލާފައި 15 މިނަޓް ވަންދެން ބަހައްޓާލާށެވެ. 15 މިނަޓު ފަހުން މޫނު ދޮވުމުގެ ކުރިން އަތް ތެންމާލުމަށްފަހު މޫނުގައި އިނގިލިން މަސާޖުކޮށްލާށެވެ. އޭރުން ހަންގަނޑުގައި މަރުވެފައިވާ ބައިތަށް ނަގައިދީ މޫނު އިތުރަށް އޮމާން ކޮށްލަދޭނެއެވެ.
މި ފޭޝަލްއަކީ ވަރަށް އަގުހެޔޮ، އަދި ކޮންމެ އިރަކުވެސް ހަދާލެވޭނެ ފަސޭހަ ފޭޝިއަލްއެކެވެ. މި ފޭޝިއަލް ހަފްތާއަކު 1 ފަހަރު ހަދާލުމުން މޫނު އިތުރަށް އަލިވެ ހަންގަޑު ވަރަށް މަޑުކޮށް ދަމަހައްޓައިދޭނެއެވެ.