-Advertisement-

-Advertisement-

މުޒާހަރާކުރި ބިދޭސީން ޑީޕޯޓް ކުރަން ނިންމި މައްސަލަ އެޗްއާރްސީއެމް އިން ތަހުގީގު ކުރަނީ

ފޮޓޯ: މިޙާރު

ބަންގްލަދޭޝްގައި ހިންގަމުން އަންނަ މުޒާހަރާއަށް އެއްބާރުލުން ދިނުމުގެ ގޮތުން ގދ. ތިނަދޫގައި މުޒާހަރާ ކުރި ބިދޭސީން ޑީޕޯޓް ކުރަން ސަރުކާރުން ނިންމާފައިވާ މައްސަލަ ބަލަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގދ. ތިނަދޫގައި ދިރިއުޅޭ ބިދޭސީން ވަނީ އެމީހުންގެ ގައުމުގައި ސިވިލް ސާވިސްގެ ވަޒީފާތަކަށް ވަކި ބަޔަކަށް ވަޒީފާތައް ހާއްސަ ކުރާ އުސޫލާ ދެކޮޅު ހެދުމުގެ ގޮތުން މުޒާހަރާ ކޮށްފައެވެ.

ސަރުކާރުން އެބިދޭސީން ޑީޕޯޓް ކުރުމަށް ނިންމުމުން ބައެއް މަދަނީ ޖަމިއްޔާތަކުގެ އިތުރު އާންމުންގެ ގިނަ ބަޔަކު ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެޗްއާރްސީއެމް އިން މިއަދު މީޑިއާއަށް ހިއްސާކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަކީ އިންޓަނޭޝަނަލް ކޮވަނެންޓް އޮން ޕޮލިޓިކަލް އެންޑް ހިއުމަން ރައިޓްސް (އައިސީސީޕީއާރް) އާއި ގާނޫނުއަސާސީގެ 32 ވަނަ މާއްދާގެ ދަށުން އެންމެނަށް ލިބިގެންވާ ހަގެއް ކަމަށާއި އޭގެ ތެރޭގައި ބިދޭސީން ވެސް ހިމެނޭ ކަމަށެވެ.

އެޗްއާރްސީއެމް އިން ހާމަކޮށްފައިވާ ގޮތުގައި އެކޮމިޝަނުން މިހާރު ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެ އައުމަށްފަހު ސިޔާސީ މަސައްކަތް ކުރުމަކީ ބިދޭސީންނަށް މަނާ ކަމެއް ކަމަށާއި އެއީ ވިސާގެ އުސޫލުތަކާއި މުޅިން ޚިލާފު ކަމެއް ކަމަށެވެ.

ތިނަދޫގައި ބިދޭސީން މުޒާހަރާ ކުރުމާއި ގުޅިގެން ހައްޔަރުކޮށް އަނބުރާ ގައުމަށް ފޮނުވާލުމަށް މިނިސްޓްރީން ނިންމި ނިންމުމާއި މެދު ކަނބޮޑުވާ ކަމަށް ފާހަގަކޮށް އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް، ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ މުޒާހަރާ ކުރުމުގެ ހައްގަކީ ބިދޭސީންނަށް ލިބިދޭން ޖެހޭ ޙައްގެއް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-