-Advertisement-

-Advertisement-

ޑޯނިއާ މަތިންދާބޯޓާއި ހެލިކަޕްޓަރުތައް ބޭނުންކޮށްގެން ބަލި މީހުން އުފުލުމުގެ ހިދުމަތް އަލުން ފަށައިފި

ފޮޓޯ؛ ސަން އޮންލައިން

އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓާއި ހެލިކަޕްޓަރުތައް ބޭނުންކޮށްގެން ބަލި މީހުން އުފުލުމުގެ ހިދުމަތް ފަށައިފިއެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ ސަބަބުން ޑޯނިއާ މަތިންދާބޯޓާއި ހެލިކަޕްޓަރުތަކުން ބަލި މީހުން އުފުލުމުގެ ހިދުމަތް އޮތީ މެދުކަނޑާލާފައެވެ. އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ގޮތުގައި މިހާރު އަނެއްކާ ވެސް އިންޑިއާގެ ސިވިލިއަން ކްރޫންނާއެކު އެ އުޅަނދުތަކުން ސިއްހީ އަވަސް ފަރުވާ ލިބިދިނުމަށް ބަލި މީހުން އުފުލުމުގެ ހިދުމަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ރޭ 21:40 ހާއިރު ޑޯނިއާ މަތިންދާ ބޯޓުން 36 އަހަރުގެ މީހަކަށް އަވަސް ފަރުވާ ދިނުމަށްޓަކައި ވަނީ މާލެ ގެނެވިފައިވާ ކަމަށް އެމްއެންޑީއެފް ބުނެފައިވެއެވެ.

އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ގޮތުގައި ޑޯނިއާ އަދި ހެލިކަޕްޓަރުތައް އޮޕަރޭޓް ކުރުމަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށްފަހު، އެއެއްޗެހި އޮޕަރޭޓް ކުރުމަށް އިންޑިއާގެ ސިވިލިއަން ކްރޫއިން ވަނީ ގެނެވިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-