މާލޭގެ ގެއަކަށް މީހަކު ވައްދައިގެން އެމީހައަށް ބިރު ދައްކާ ބަރަހަނާކޮށްގެން ފައިސާ ފޭރުނު މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ހާމަކޮށްފައިވާ ގޮތުގައި މިހާދިސާ ހިންގާފައިވަނީ މިދިޔަ ބުދަ ދުވަހު މާލޭގެ ގެއަކަށް މީހަކު ވައްދައި އެ މީހާ ބަރަހަނާކޮށް ބިރު ދައްކައިގެންނެވެ.
އެއަށްފަހު، އޭނާއަށް ބިރު ދައްކައިގެން ވަނީ އޭނާގެ ކޭޝް ކާޑުގެ ޕިން ހޯދުމަށްފަހު އެކައުންޓްގައިވާ ފައިސާތައް ފޭރިގަނެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލަ އާއި ގުޅިގެން މިހާތަނަށް އުމުރުން 26 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެމީހުންގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އެކެއްގެ ބަންދަށް 30 ދުވަސް އަދި އަނެއް މީހާގެ ބަންދަށް 60 ދުވަސް ޖަހާފައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.