ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ނައިބް ރައީސްކަން ކުރައްވަމުން ގެންދެވި މުހައްމަދު ފިރާޒް އެ މަޤާމުން މިއަދު ވަކިކޮށްފިއެވެ.
2022 ވަނަ އަހަރުގެ ނިވެމްބަރު މަހުގެ ތެރޭގައި އެ މަޤާމަށް ޢައްޔަން ކުރެއްވި ފިރާޒް މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެ މަޤާމުން ވަކިކޮށްފައިވާކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ވަނީ ވިދާޅުވެފައެވެ.
އެގޮތުން އެ ބޯޑުން ކުރެއްވި ޕޯސްޓެއްގައި ވަނީ، އ ޕީސީބީގެ ނާއިބެއްގެ ގޮތުގައު ހުންނަވާ ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި މުޙައްމަދު ފިރާޒް އެ ބޯޑަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު ދަންނަވާފައެވެ.
ސޯޝަލް މީޑިއާގައި ސަރުކާރު ޕާޓީ ޕީއެންސީއަށް ކެމްޕެއިން ކުރިކަމުގެ ތުހުމަތުގައި މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ވަނީ ފިރާޒުގެ މައްސަލައެއްވެސް ބަލައިފައެވެ.
ޕީސީބީގެ ރައީސާއި ނައިބު ރައީސަށް ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީވެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިއެއް ނުވެވޭނެއެވެ. ނަމަވެސް ފިރާޒު މިދިޔަ އަހަރު ޕީއެންސީއަށް ސޮއިކޮށްފައި ވާކަން މީގެ ކުރިން ބޭއްވި އެސްއޯއީ ކޮމިޓީއެއްގައި މެމްބަރުން ފާހަގަކުރެއްވިއެވެ.
ޕްރައިވަޓައިޒޭޝަން ބޯޑަކީ ކުންފުނިތައް ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރުން މަތިކޮށްފައިވާ މިނިވަން ވުޒާރާއެކެވެ.