-Advertisement-

-Advertisement-

ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން ޠާރިޤް އިސްތިއުފާ ދެއްވައިފި

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް

ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ޕާޓީ ކަމުގައިވާ ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެގޮތުން އެ މަޤާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ކުރެއްވި ޕޯސްޓެއްގައި ޓޮމް ވިދާޅުވީ، މިވަގުތު އަމިއްލަކަންކަން ހުރިގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެންނެތުމުގެ ސަބަބުން ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައިވާކަމަށެވެ.

19 ވަނަ މަޖިލީހުގައި ވެސް މަހިބަދޫ ދާއިރާ ތަމްސީލް ކުރެއްވި ޓޮމް، ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން އިސްތޮއުފާ ދެއްވުމުގެ ފަހަތުގައި އެއްވެސް ސިޔާސީ ސަބަބެއް ނެތް ކަމުގައި ޕީއެސީގެ ބައެއް މަޖިލިސް މެމްބަރުންވެސް ވަނީ ވިދާޅުވެފައެވެ.

ޓޮމް ހިމެނިވަޑައިގަންނަވާ ގޮތަށް، ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އަދި، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހަމަޖެއްސުމަށް މެއި މަހުގެ 22 ވަނަ ދުވަހު ޕީއެންސީގެ ޕީޖީ ގްރޫޕުން ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ހުށަހެޅުއްވުމަކަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-