-Advertisement-

-Advertisement-

މާލެ ގެއެއްގައި މީހަކަށް ބިރުއްދަކައި ބަރަހަނާ ކުރި ގެއަކީ އެފަދަ މައްސަލަތަކުގެ ރެކޯޑު އޮންނަ ގެއެއް

ފުލުހުންގެ ހެޑް އޮފީސް ކަމަށްވާ ޝަހީދު ހުސެއިން އާދަމް ބިލްޑިންގ

މާލޭގެ ގެއަކަށް މީހަކު ވައްދަ އެމީހާއަށް ބިރު ދައްކައިގެން، ކޭޝް ކާޑުގެ މައުލޫމާތު ހޯދައި ފޭރުނު ގެއަކީ އެފަދަ މައްސަލަތަކުގެ ރެކޯޑު އޮންނަ ގެއެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެމައްސަލަ އާއި ގުޅިގެން ފުލުހުން މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެއީ 26 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި މިއަދު ހައްޔަރުކުރި 43 އަހަރުގެ އަންހެނެ ކަމަށެވެ.

މިމައްސަލަ އާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުންގެ ބަންދަށް ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ 26 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 60 ދުވަސް،35 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް އަދި އަންހެން މީހާ ތަހުގީގު ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވެއެވެ.

އިއްޔެ ހައްޔަރު ކޮށްފައިވާ ދެ ފިރިހެނުންގެ ބަންދުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ހާދިސާ ހިނގި މއ. މަސްފަންގެ އަކީ ތަކުރާރުކޮށް އެކި ބޭނުންތަކަށް މީހުން ވެއްދުމަށް ފަހު ބިރުދައްކައި، ރެކޯޑް އޮތް ތަނެކެވެ.

މިމައްސަލަ އާއި ގުޅިގެން ފުލުހުން ކޯޓުގައި ބުނެފައިވަނީ އަނިޔާ ލިބުނު މީހާ މަސްފަންގެ އަށް ވެއްދި ކަމަށް ބެލެވެނީ އަންހެނެއް ކަމަށާއި އޭނާ އެގެ އަށް ވަނުމުން ދެ ފިރިހެނުން އޭނާ ހިފަހައްޓައި، ވަޅިއަކުން ބިރުދައްކައި ބަރަހަނާކޮށް، އޭނާގެ ފޯނު އަތުލީ ކަމަށެވެ.

ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އޭނާގެ އެކައުންޓްގެ ޕިން ހޯދުމަށްފަހު އޭނާގެ އެކައުންޓުން އެހެން އެކައުންޓަކަށް 000’20 ރުފިޔާ ފޮނުވާފައިވާ ކަމަށާއި އޭނާގެ ކާޑުގެ ބޭނުން ކޮށްގެން 000’25 ރުފިޔާ އޭޓީއެމް އިން ވެސް ނަގާފައިވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-