ގަވާއިދާ ހިލާފަށް ހުޅުމާލޭގައި ވިޔަފާރި ކުރަމުންދިޔަ 22 ބިދޭސީއަކު އަތުލައިގަނެފި އެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ހުންނަ ތިން ބުރީގެ އިމާރާތެއްގައި ހިނގަމުން ދިޔަ ކަންކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅުކުރުމުން ރޭ އެތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެތަނުގައި ގަވައިދާ ޚިލާފަށް ކާބޯތަކެތި ހަދައި ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަކަން އެތަން ބަލައި ފާސްކުރުމުން އެނގިފައިވާ ކަމަށް އެމިގްރޭޝަނުން ވަނީ ބުނެފައެވެ.
ހުޅުމާލޭގައި އިމިގްރޭޝަނުން ބަލާފާސް ކުރި ތަނުން އެ ވަގުތު އެތަނުގައި އުޅުނު 22 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ މީހުން އަތުލައިގަތުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުސްވި ބުރާސްފަތި ދުވަހު ވެސް މާލެއިން ހަތަރު ތަނެއް ފާސްކޮށް 16 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އިމިގްރޭޝަނުން ވަނީ މި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 130 އެއްހާ ބިދޭސީން އަތުލައިގެންފައިވާ އިރު މިފަދައިން އަތުލައިގަންނަ އެންމެން ވެސް ޑީޕޯޓް ކުރާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.