-Advertisement-

-Advertisement-

މެލޭޝިޔާ މީހެއްލައްވައި ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އަތުލައިގަނެއްޖެ

ފުލުހުންގެ އިދާރާ – ފޮޓޯ: މިހާރު

މެލޭޝިއާ މީހަކު ލައްވައި ދިވެހިރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެނެއްޖެއެވެ.

ޖުމުލަ ހަތަރު ޤައުމެއްގެ މީހުން ވެގެން މެލޭޝިޔާގެ މީހެއް ލައްވައި އެތެރެކުރި 15.38 ކިލޯގްރާމްގެ މަސްތުވާތެކެތި ވަނީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އަތުލައިގަނެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު އަތުލައިގެން މި މަސްތުވާތަކެތީގެ މަގުމަތީ އަގު 12.3 މިލިޔަން ރުފިޔާއަށް އަރައެވެ.

މި މައްސަލައާއި ގުޅުގެން ކަސްޓަމްސްއިން ވިދާޅުވީ، 12.3 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު މެލޭޝިޔާގެ ރައްޔިތެއް އަގުލައިގެނެފައިވާ ކަމަށެވެ.

އެގޮތުން މިއީ މެލޭޝިޔާގެ ރައްޔިތަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ކަސްޓަމްސްއިން ވިދާޅުވީ،  ބަރުދަނުގެ ގޮތުން ބަލާއިރު މިއީ މިއަހަރު އަތުލައިގެން އެންމެ ބޮޑު އަދަދުގެ މަސްތުވާތަކެތި ކަމަށެވެ.

އެގޮތުން އެ މީހާ ދަތުރުކުރި މަގު ކަސްޓަމްސްއަށް އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށާއި، އެ މީހާ ބަލައި ފާސްކުރުމުގެ ތެރޭގައި އެ މީހާގެ އަތުން ފޭކް ޓިކެޓުތަކެއް ވެސް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ވިދަޅުވެފައެވެ.

މީގެ އިތުރުން މި މައްސަލައިގައި ހައްޔަރުކުރި މީހާގެ އުމުރަކީ 41 އަހަރެވެ.

ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް 143 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ ވަނީ އަތުލައިގެންފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-