-Advertisement-

-Advertisement-

އަހަރުގެ މިހާތަނަށް 64.84 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި

ފުލުހުން މަސްތުވާތަކެތި އަތުލައިގަންނަނީ

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަހަރުގެ މިހާތަނަށް 64.84 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.

ކަސްޓަމްސް އިން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ މި އަހަރުގެ މިހާތަނަށް 64.84 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށާއި، އޭގެ ލަފާކުރާ މަގުމަތީ އަގު 106،358،952 ދިވެހި ރުފިޔާއަށް އަރާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ކަސްޓަމްސްއިން ވަނީ ކަސްޓަމްސްގެ ތަފާސް ހިސާބުތައް އާންމުކޮށްފައިވާ އިރު، މި އަހަރު އެންމެ ގިނައިން އަތުލައިގަނެފައިވަނީ ކެނަބިސްގެ ބާވަތްތައްކަން ހާމަވެއެވެ. އެގޮތުން 17.38 ކިލޯގެ ކެނަބިސް އާއި 5 ކޭސް އަކުން 11.60 ކިލޯގެ ހެރޮއިން އާއި ކޮކައިން ގެ 15.64 ކިލޯވއަތުލައިގަނެފައިވާ ކަމަށް ދައްކައެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިމަހުގެ 27 ވަނަ ދުވަހު ވެސް ދިވެހި ދެ ފިރިހެނަކާއި ބިދޭސީއެއް ގުޅިގެން 2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރަން އުޅެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-