-Advertisement-

-Advertisement-

އެއް އަހަރު ދުވަހަށް ‘އެކްސް ޕްރިމިއަމް ޕްލަސް ސަބްސްކްރިޕްޝަން’ ނެގުމަށް ހެލްތް މިނިސްޓްރީން އިއުލާން ކޮށްފި

ފޮޓޯ: އަދަދު

އެއް އަހަރު ދުވަހަށް ‘އެކްސް ޕްރިމިއަމް ޕްލަސް ސަބްސްކްރިޕްޝަން’ ނެގުމަށް ހެލްތް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ހެލްތް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި އެއް އަހަރު ދުވަހަށް އެކްސް ޕްރިމިއަމް ޕްލަސް ސަބްސްކްރިޕްޝަން ނެގުމަށް ބޭނުންވާތީވެ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކޯޓަޝަން ހުށަހެޅުމަށެވެ.

އެކްސް ޕްރިމިއަމް ޕްލަސް ސަބްސްކްރިޕްޝަން އަކީ ފައިސާ ދެއްކުމުން ކޮންމެ މީހަކަށްވެސް ލިބިގެންދާ އެއްޗަކަށްވާއިރު، ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާންގައި މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ކޯޓޭޝަން ހުށަހެޅުމަށާއި ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނޭ އަގާއި މުއްދަތު ހިމެނުމަށް އެދިފައިވެއެވެ.

އެކްސް ޕްރީމިއަމް އަކީ އޮޕްޓް-އިން އިތުރު ފީޗާސްތަކެއް ލިބޭ ސަބްސްކްރިޕްޝަނެކެވެ. އެކްސް ޕްރީމިއަމްގައި ތިން ޓިއާއެއް ހުންނައިރު، ކޮންމެ މަތީ ޓިއަރެއްގައި ވެސް އިތުރު ފީޗާސްތަކެއް ލިބެގެންދާނެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-