ދަރިންގެ ދެމެދުގައި އޮންނަ ލޯތްބާއި ގުޅުން ވަރުގަދަ ވުމަކީ ކޮންމެ މަންމައަކަށް އަދި ބައްޕައަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ނަމަވެސް ތާއަބަދަށް މިފަދަ ވަރުގަދަ ގުޅުމެއް އެކުދިންގެ މެދުގައި އުފެއްދުމަށްޓަކައި ކުދިން ޅައިރުއްސުރެއް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ.
ދެކުދިންވެސް ގަޔާވެގެން ކުޅެވޭ ކުޅިވަރެއްގައި ބައިވެރި ކުރާށެވެ.
މިސާލަކަށް އެ ދެކުދިންނަނަކީ އެއްޗެތި ރާވާހަދަން ބޭނުންވާ ކުދިންނަމަ އެފަދަ ކުޅޭއެއްޗެއް ދެކުދިން އެއްކޮށް ކުޅުވާށެވެ. އޭގެތެރެއިން އެއްކުއްޖަކަށް މަޑުން އިންނަން އުނދަގޫވާނަމަ ކުޑަގެ އަޅައިގެން ނުވަތަ ބެލްކަނީގައި ނުވަތަ ބޭރުގައި މިފަދަ ކުޅިވަރެއް ކުޅެވިދާނެއެވެ. އަދި ދެކުދިން އެއްކޮށް އެއްޗެއް ތައްޔާރުކުރާނެ ގޮތް ކުދިންނަށް ކިޔާދެމުން ގެންދެވިދާނެއެވެ. ދެކުދިންގެ ދެމެދުގައި އަރާރުންވާނެ ކަމަކުން ދުރުކުރާށެވެ. މިފަދަ ކުޅިވަރެއް ދުވާލަކު އެއް ފަހަރު ކުޅެލެވުމުން އެކުދިންގެ ގުޅުމާއި އެކަކު އަނެކެއްގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަށް ކުއްޖާއަށް ލިބެއެވެ.
އެކަކު އަނެކަކާ ދުރުގައި ވަގުތުތަކެއް ހޭދަކުރުވުން
ހައިރާންވެދާނެ ކަމެކެވެ. ނަމަވެސް ހަޤީގަތަކީ މާގިނަ ވަގުތު ދެކުދިން އެއްކޮށް ހޭދަކުރުމުން ނުރުހޭކަންކަން ދިމާވުމެވެ. ދަރިން އެކަކު އަނެކަކާ ކުޑަ ވަގުތުކޮޅަކަށް ދުރުކޮށްލުމުން އެމީހުން އެކެއްގެ އިންތިޒާރު ކުރަން ފަށާނެއެވެ. އަދި އަނެކާ ބޭނުންވާން ފަށާނެއެވެ.
ކުދިން އެކަކު އަނެކަކާ ޖެހޭ މައްސަލަތަކުގައި އިންސާފުކުރާ މީހާއަށް ނުވާށެވެ.
ކުދިންގެ ދެމެދުގައި އުފެދޭ މައްސަލަތަކަކީ ބަލަން އެހާ ފަސޭހަ މަންޒަރެއް ނޫނެވެ. އެހެންނަމަވެސް މިއީ ކުދިންނަށް މައްސަލަތައް އަމިއްލައަށް ހައްލުކުރުމަށްޓަކައި ދަސްކުރަން ތަޖުރިބާކޮށްލަން ވަރަށް މުހިއްމު ކަމެކެވެ. މީގެ އިތުރުން ދެކުދިން އަމިއްލައަށް މައްސަލަ ހައްލުކުރަން ދަސްކޮށްދިނުމުން މަންމަ ނުވަތަ ބައްޕަ އެއްކުއްޖަކަށް ބުރަވަނީއޭވެސް ނުބުނެވޭނެއެވެ. ކޮންމެ ކުއްޖެއްގެވެސް އިހްސާސްތައް އަޑުއަހާށެވެ. އަދި އެކަން ގަބޫލުކުރާށެވެ. އަދި އެކުދިން އަމިއްލައަށް މައްސަލައެއް ހައްލެއް ހޯދަދޭން ކުރެވޭނެ ކަމަކީ ކޮބައިތޯ އަހާ އެކުދިން އަމިއްލައަށް ކަންކަން ހައްލުކުރަން ފުރުސަތު ދޭށެވެ.