-Advertisement-

-Advertisement-

ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު އެންސްޕާއިން އެކި ފަރާތްތަކަށް 871 މިލިއަން ރުފިޔާ އެބަހުރި

ފޮޓޯ: ބާޒާރު ނިއުޒް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނުއިރު އެންސްޕާއިން އެކި ފަރާތްތަކަށް 871 މިލިއަން ރުފިޔާ ދައްކަން އެބަހުރި ކަމަށް އެންސްޕާއިން ބުނެފިއެވެ.

މާލިއްޔަތު ކޮމިޓީގެ އެންގުމަށް އެންސްޕާއިން ހާމަކޮށްފައިވާ ގޮތުގައި ނޮވެމްބަރު 17، 2023 ގައި ކުރީގެ ރައީސް ސޯލިހްގެ ވެރިކަން ނިމުނު އިރު، އެންސްޕާއިން އަމިއްލަ ކުންފުނިތަކާއި ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް ދައްކަންޖެހޭ 871 މިލިއަން ރުފިޔާ ނުދައްކާ އެބަހުރި އެވެ.

ދައުލަތުން އެންސްޕާ މެދުވެރިކޮށް އެހީ ދިނުމަށްޓަކައި ހަތަރު ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓްގައި ހިމަނަން ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި އެކަނިވެރި މައިންނަށް ދޭ ފައިސާ އާއި ސިއްހީ އެކި ބޭނުންތަކުގައި ދޭ އެހީ ވެސް ފައިސާ ވެސް ހިމެނެއެވެ.

އެންސްޕާއިން ކުރާ ހަރަދުތައް އަހަރަކަށް ފަހު އިތުރުވަމުންދާއިރު، މާލިއްޔަތު ކޮމިޓީން ވަނީ އެންސްޕާ އިން އޭޑީކޭ ހޮސްޕިޓަލަށް ދޭން ހުރި ޕެންޑިން ބިލްތަކުގެ ތަފްސީލު ވެސް އާންމުކޮށްފައެވެ. އެގޮތުން އާސަންދަ އާއި އެންސްޕާ އިން އޭޑީކޭއަށް އެކަނިވެސް 144 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.

މިއަދުގެ މާލިއްޔަތު ކޮމިޓީގެ އެންގުމަށް އެންސްޕާއިން މިމައުލޫމާތުތައް ހާމަކޮށްފައިވާ އިރު، މާލިއްޔަތު ކޮމިޓީއިން ހާމަ ކުރުމަށް އަންގާފައިވާ މައުލޫމާތު އާސަންދައިން ހާމަކޮށްފައެއް ނުވެއެވެ. މިކަމާއި ކޮމިޓީގެ މެންބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް އަލުން އެ މައުލޫމާތުތައް ހާމަކުރުމަށް ވަނީ އާސަންދައިގައި އެދިފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-