-Advertisement-

-Advertisement-

އެމްއެމްއޭގެ ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރައްވައިފި

ގަވަރުނަރު މުނައްވަރާއި ލިޔުން ހަވާލު ކުރައްވަނީ- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމަށް، އަޙްމަދު މުނައްވަރު ޢައްޔަނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގަވަރުނަރުކަމުގެ މަޤާމަށް މުނައްވަރު އައްޔަން ކުރައްވައި މިއަދު ވަނީ މަޤާމުގެ ލިޔުން ޙަވާލުކުރައްވަފައެވެ.

މި ރަސްމިޔާތު ކުރިއަށް ދިޔައީ ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިޔާތެއްގައެވެ.

މި ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ގަވަރުނަރު، މުނައްވަރާއި ބައްދަލުކުރައްވައި ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި ފައިނޭންސްގެ ދާއިރާއާއި ގުޅޭ އެހެން މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސް ބާރުއެޅުއްވިއެވެ.

އަދި ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން އަރުވާނެކަމުގައި ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

އަޙްމަދު މުނައްވަރު ގަވަރުނަރުގެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން 12 ޑިސެންބަރު 2023 އިން 22 ޖުލައި 2024 އާ ހަމަޔަށް ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައެވެ.

މުނައްވަރު ގަވަރުނަރު ކަމަށް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފައިވަނީ އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. އެގޮތުން މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ތެރެއިން 78 މެމްބަރުން ވަނީ ވޯޓު ދީފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-