-Advertisement-

-Advertisement-

ހަމާސް ޖަމާއަތުގެ ލީޑަރު މަރާލުމުން އީރާނުގެ އިންޒާރު އިޒްރޭލަށް

ފޮޓޯ: ދަސަން

ފަލަސްތީނުގެ މިނިވަން ކަމަށް ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުގެ ސިޔާސީ ލީޑަރ އިސްމާއީލް ހަނިއްޔާ ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ހަމަލާއެއްގައި މަރާލުމުން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އިޒްރޭލަށް އިންޒާރެއް ދީފިއެވެ.

އިޒްރޭލުގެ އަމަލާއި ގުޅިގެން ޕެޒެޝްކިއަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުން އެގައުމުގެ ސަރަހައްދީ އެއްބައިވަންތަކަމާއި ޝަރަފު ދިފާއު ކުރާނެ ކަމަށާއި، “ނިރުބަވެރިންގެ މި ހަމަލާ އާއި މެދު ހިތާމަ ކުރަން ޖެހޭނެކަން ޔަގީން ކުރާނެ” ކަމަށެވެ.

ޕެޒެޝްކިއަން ވިދާޅުވީ ހަނިއްޔާ އަކީ ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި، އެ ބޭފުޅާ އަވަހާރަވުމުގެ ހިތާމައިގައި އީރާނުން ބައިވެރިވާ ކަމަށެވެ.

މީގެއިތުރުން، އަނިޔާވެރިންގެ ދިފާއުގައި ކުރަމުންދާ މަސައްކަތް ކުރިއަށްވުރެ ވަރުގަދަވާނެ ކަމަށާއި، އީރާނާއި ފަލަސްތީނާއި ދެމެދު އޮންނަ ގުޅުން ކުރިއަށް ވުރެ ވަރުގަދަވާނެ ކަމަށް ޕެޒެޝްކިއާން ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މިހަމަލާއާއި ގުޅިގެން ހަމާސްއިން ވިދާޅުވީ ހަނިއްޔާއަށް އަމާޒުކޮށްގެން ދިން މި ހަމަލާއަކީ އިސްރާއީލުގެ ނިރުބަވެރިން ހިންގި ވަރަށް “ފިނޑި” އަމަލެއް ކަމަށެވެ. ހަމައެއާއެކު އެކަމުގެ ބަދަލު ލުއިކޮށް ކޮށް ނުނަގާނެ ކަމަށާއި، އެކަމުގައި ހިމެނޭ ޔަހޫދީންނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

އިރާނުން ވަނީ އިޒްރޭލުން ދީފައިވާ މި ހަމަލާ ތަހުގީގު ކުރަން ފަށާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-