-Advertisement-

-Advertisement-

ދުންފަތުގެ ބާވަތްތަކާއި ވޭޕް އެތެރެކުރުމަށް ކަސްޓަމްސްއިން ދޭ އިނާޔަތް ހުއްޓާލާ ތާރީޚް ފަސްކޮށްފި

ކަސްޓަމްސް ބިލްޑިންގް

ދުންފަތުގެ ބާވަތްތަކާއި ވޭޕް އައި އެނާޖީ ޑްރިންކް އެތެރެކުރުމަށް ކަސްޓަމްސްއިން ދޭ އިނާޔަތްތައް ހުއްޓާލާ ތާރީޚް ފަސްކޮށްފި އެވެ.

މީގެ ކުރިން ކަސްޓަމްސް އިން މިއިނާޔަތް ކަނޑާލަން ނިންމާފައިވަނީ މިއަދުން ފެށިގެންނެވެ. އެހެންނަމަވެސް ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި ދެން އިނާޔަތްތައް ނިންމުމަށް ކަނޑައަޅާފައި ވަނީ އަންނަ ނޮވެމްބަރު 1 ފެށިގެންނެވެ.

ރާއްޖެ ތެރެކުރާ ބައެއް ތަކެތިން އިނާޔަތްތައް އެއްކޮށް ކަނޑާލުމަށާއި އަމިއްލަ ފަރާތްތަކުން ގެންނަ މުދަލަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ކަނޑައަޅާފައިވާ ޑިއުޓީ މާއާފްވާ ވަރު މަތި ކުރުމަށް ކަސްޓަމުން  ވަނީ ކަނޑައަޅާ އިއުލާން ކޮށްފައެވެ.

އެގޮތުން އެތަކެތީގެ ތެރޭގައި ހިމެނެނީ:

  • ދުންފަތް ނުވަތަ ނިކޮޓިން އެކުލެވޭ ބާވަތްތަކާއި އެތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތައް
  • އީ-ސިނގިރެޓާއި ޝީޝާ އަދި ފްލޭވާޑް ސިނގިރެޓް ނުވަތަ އީ-ލިކުއިޑް ފަދަ ތަކެތި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-