-Advertisement-

-Advertisement-

ހުކުރު ދުވަހަށް: ކީރް

ބޭނުންވާ ތަކެތި:
1.5 ލީޓަރ ކިރު
1 ޖޯޑު ހަރު ހަނޑޫ (ބައިގަޑީރަށް ފެނުއަޅާފައި)
8-10 ކޭށޫނަޓު
1.5 ސައި ސަމްސާ ކާފޫރުތޮޅި ޕައުޑާ
8 ފުއް ސެފްރޯން (އޮޕްޝަނަލް)
1 ސަމްސާ ހިކި މޭބިސްކަދުރު
1 ސަމްސާ ޕިސްޓާޗިއޯ / ކެޝޫނަޓު / ކަނަމަދު / އަލްމަންޑު (ނުވަތަ ވައްތަރަކުން އެތިކޮޅެއް)
ތުނިކޮށް ކޮށާފައި ހުރި ކާށިކޮޅެއް (އޮޕްޝަނަލް)
6 މޭޒުމަތީ ސަމްސާ ހަކުރު

ތެއްޔަކަށް ކުޑަ ފެންފޮދެއް އެޅުމަށްފަހު 1.5 ލީޓަރ ކިރު އަޅާށެވެ. 8-10 ކޭށޫނަޓު އަށް 1 ސަމްސާ ފެނު އަޅާފައިވާ ހަނޑޫ އަދި ކުޑަ ކިރުފޮދެއް އެއް ކުރުމަށްފަހު މިކްސަރުން ފުނޑާލާށެވެ. އުނދުން މައްޗަށް އުދި ކިރުފޮދުގެ ހޫނުވުމުން (ކިރު ބޮއިލް ނުކުރައްވާތި) ތެރެއަށް 1 ސަމްސާ ކާފޫރުތޮޅި ޕައުޑާ އަޅާށެވެ. އިރުކޮޅަކު ހަލާލުމަށްފަހު ކިރު ކޮޅުން ބައިޖޯޑު ކިރުކޮޅު ވަކިން ކުޑަ ބޯތައްޓަކަށް ނަގާފައި އޭގެތެރެއަށް ސެފްރޯން ކޮޅު އަޅާ ފޯކޮށްލާށެވެ. ސެފްރޯން ނެތް ނަމަ މިބައި ފުރިހަމަ ނުކުރާށެވެ.

ދެން ކިރުކޮޅުގެ ތެރެއަށް ފޯކުރި ހަނޑޫކޮޅު އެޅުމަށްފަހު ރަނގަޅަށް މަޑުވަންދެން ކައްކާށެވެ. ކައްކަމުން ދާއިރު ދޭތެރެ ދޭތެރެއިން ހަލަމުން ދާށެވެ. ކިރުކޮޅު އޮލަ ޖެހިލުމުން އެއްކަލަ ކެޝޫނަޓު ޕޭސްޓު އަޅާފައި މަޑުވަންދެން ކައްކާށެވެ. އަދި ހަލަމުން ދާށެވެ. ހަލަމުން ދާއިރު ހަނޑޫތަށް ޖަސްވާގޮތަށް ދޭފަތުން ހަލާށެވެ. ހުރިހާއެއްޗެއް ރަނގަޅަށް މަޑުވެ އޮލަ ޖެހުމުން އެއްކަލަ ވަކިން ނެގި ކިރުކޮޅު އަޅާ އެއްކޮށްލާށެވެ.

ކިރުގަނޑު އޮލަ ޖެހުމުން ހިކި މޭބިސް ކަދުރާއި ބަދަންތައް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު އެންމެ ފަހު ކަމަކަށް 6 ސަމްސާ ހަކުރު ކިރުގަނޑަށް އަޅާށެވެ. އެންމެ ފަހުން ހަކުރު އެޅުމުގެ ބޭނުމަކީ ހުރިހާ ހަނޑުލެއް ރަނގަޅަށް މަޑުވެފައިވޭތޯ ޔަގީން ކުރުމަށްފަހު އެޅުމަށެވެ. ހަކުރު އެޅުމަށްފަހު ދެން ހަނޑު އިތުރަކަށް މަޑެއް ނުވާނެއެވެ.

ކީރްކޮޅު އުނދުނުން ބޭލުމުގެ ކުރިން ބައި ސަމްސާ ކާފޫރުތޮޅި ޕައުޑާކޮޅު އަޅާލާށެވެ. އުންދުން ނިއްވާލުމަށްފަހު 7 މިނަޓު ވަންދެން މަތި ޖަހާފައި ކީރު ކޮޅު ބަހައްޓާލާށެވެ.

މިހާރު މިހުރީ ކީރު ތައްޔާރުކޮށް ނިމިފައެވެ. މި ހުކުރު ދުވަހަށް މޭޒުމަތި ފަޅުފިލުވާލަން މި މީރު ޑިޝް ތައްޔާރު ކޮށްލާނެ ކަމަށް އުއްމީދު ކުރަމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-