އިންޑިއާގެ ދިއްލީގައި ހުންނަ ސީކޭ ބިރްލާ ހޮސްޕިޓަލްގެ އެތެރެހަށީ ޑިޕާޓްމަންޓްގެ ޑިރެކްޓާރ ޑޮކްޓާރ މަނިޝް އަރޯރާ ދަންނަވާ ގޮތުގައި އޭސީ ދަށުގައި ރޭގަނޑު ނިދުމުގެ ސަބަބުން ހަށިގަނޑަށް އެކިކަހަލަ ގެއްލުންތައް ލިބެއެވެ.
އޭސީ ޖެއްސުމުން ކޮޓަރީގެ ހިއުމިޑިޓީ ލެވެލް ދަށްވެ ލޯ ހިކޭގޮތް ވެއެވެ. އޭސީއިން އަންނަ ފިނި ވައިން ހަންގަޑުގު ފެންދަމާ ހަންގަޑު ހިކޭގޮތްވެއެވެ. މީގެ އިތުރުން ފުއްޕާމެއަށް ގެއްލުންވެ ފުއްޕާމެއާއި ގުޅުން ހުންނަ ކަންކަން ދިމާވާކަމަށް ޑޮކްޓަރ ދެންނެވިއެވެ.
އޭސީގެ ސަބަބުން ލިބޭ ގެއްލުމާއި ގުޅުން ހުރި ބަލި ހުންނަ މީހުންނަށް ކުރާ އަސަރު ބޮޑުތަ؟
ޑޮކްޓަރ އަރޯރަ ދެންނެވި ގޮތުގައި އޭސީ ޖައްސާފައި ނިދުމުން ފުއްޕާމޭބަލިތައް ކަމަށްވާ ނޭވާހިއްލުން، ކްރޯނިކް ޕަލްމޮނަރީ ޑިޒީސް އަދި ބްރޮންކައިޓިސް ފަދަ ބަލިތަށް އިތުރަށް ގޯސްވުމަށް މެދުވެރިވެއެވެ. މީގެ އިތުރުން އާތުރައިޓިސް ފަދަ ބަލި ހުންނަ މީހުންގެ ހަށިގަނޑުގެ މަސްތަށް ހަރުވުމާއި ހުޅުތަކުގައި ރިހުން އިތުރުކޮށްދެއެވެ. އަދި އެލާޖީ ހުންނަ ސެންސިޓިވް މީހުންގެ ރޯގާ އިތުރަށް ގޯސްވެގެން ދެއެވެ. ސަބަބަކީ އޭސީ ޖެހުމުގެ ސަބަބުން އޭސީގެ ވައި އަންނަ ދިމާލުގައި ހުންނަ ޑަސްޓު، ކުނޑި އަދި ފަންގަސް މޯލްޑްގެ ތަކެތި އޭސީގެ ތެރެއިން ވަޔަށް ފޮނުވާލަދެއެވެ.
“އާނމު މީހަކަށް މިގޮތަށް އޭސީ ދަށުގައި ނިދުމުން އެލާޖީއާއި އިންފެކްޝަން އިތުރުވުމަށް މަގުފަހިވެއެވެ. އަދި ހޭލާވަގުތު ގައިގާ ރިއްސުން، ބޮލުގައި ރިއްސުން، މޭނުބައި ކުރުން އަދި ވަރުބަލިކަން އިހްސާސްވާނެއެވެ. މިފަދަ އަލާމާތްތަކަކީ އެސީއާއި އެކު ދިގު މުއްދަތަކަށް ނިދުމުގެ ސަބަބުން ދިމާވެދާނެ އަލާމާތްތަކެވެ.” ޑޮކްޓަރ އަރޯރާ ދެންނެވިއެވެ.
އެސީޖައްސައިގެން ކޮޓަރީގައި ހޭދަ ކުރަންވާނީ ކިހާ މުއްދަތެއް؟
އެސީޖެހި ކޮޓަރިއެއްގައި ހުންނަ ވަގުތު ވީހާވެސް މަދުކުރުމަށް ޑޮކްޓަރ އިރުޝާދު ދެއްވާ އަދި އޭސީ ހުންނަންވާނީ މީހާއަށް ހަމަޖެހޭވަރެއްގައި އެހާ ފިނި ނުވާގޮތަށެވެ.
އެހެންކަމުން އޭސީއިން ކުރާ އަސަރު ކުޑަކުރުމަށް އެދެވިގެންވަނީ ގުދުރަތީ ހޫނާއި ސާފު ވައި ލިބޭ މާހައުލެވެ. 2-3 ގަޑިއިރު އޭސީ ކޮޓަރިއެއްގައި ހޭދަކުރުންމުން ފުދޭނެއެވެ. އަދި ރޭގަނޑުގައި 2-3 ގަޑިއިރު ފަހުން އޭސީ އޮޓޯއިން ނިވޭގޮތަށް ހެދޭނެއެވެ.