-Advertisement-

-Advertisement-

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މާލޭ ދާއިރާގެ ރައީސްކަމަށް އާޒިމް ހޮވިއްޖެ

މިސްކިތްތަކާއި ވެށީގެ ސާފުތާހިރުކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ބޭއްވި ޖަލްސާގައި މޭޔަރު އާޒިމް ވާހަކަ ދައްކަވަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް އިންތިޚާބުވެއްޖެއެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައި-އިލެކްޝަން އާޒިމް ކާމިޔާބުކުރެއްވީ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ފަލާހުއާ ވާދަކުރައްވައެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައި-އިލެކްޝަންގައި މާލޭ ސަރަޙައްދުގައި 20 ފޮށްޓެއް ބަހެއްޓި އިރު، ރަށްރަށުގައި 24 ފޮށްޓެއް ވަނީ ބަހައްޓާފައެވެ.

އެ ޕާޓީގެ ބައި-އިލެކްޝަން އާޒިމް ކާމިޔާބުކުރައްވާފައި މި ވަނީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެގޮތުން ބަލާ އިރު ގުނިފައިވާ ވޯޓުގެ ނަތީޖާއިން 600އަށް ވުރެ ގިނަ ވޯޓު އާޒިމަށް ލިބުނުކަމަށް ދައްކައެވެ. އަދި އެ ވޯޓުފޮށިތަކުގެ ނަތިޖާއިން ދައްކާ ގޮތުގައި ފަލާހަށް ލިބުނީ 250އެއްހާ ވޯޓެވެ.

އެމްޑީޕީގެ މާލެ ދާއިރާ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރަން ޖެހިފައި މި ވަނީ ކުރިން އެ މަގާމު ފުރުއްވި މާލޭގެ ކުރީގެ މޭޔަރު ޞިފާ މުޙައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-