ބިދޭސީއެއްގެ ވޮލެޓު އަތުލައިގެން ފިލަން އުޅުމާ ގުޅިގެން އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށީގައެއެވެ. ފުލުހުން ހާމަކުރި ގޮތުގައި ބަންގަލަދޭޝް މީހެއްގެ އަތުން ދިވެހި އަންހެނަކު ވޮލެޓެއް ފޭރިގަތް މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައިކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާރު އަންހެނަކު ހައްޔަކުކޮށްފައިވާކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
އިއްޔެ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި ފެންނަ ގޮތުގައި ސައިކަލެއްގައި އިން އަންހެނެއް ގައިގައި ބިދޭސީއަކު ހިފަހައްޓައިގެން އުޅޭ މަންޒަރު ފެނެއެވެ.
މި މައްސަލަ މިހާރު ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.