-Advertisement-

-Advertisement-

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައި އިލެކްޝަންގައި އިންތިހާބުވި ފަރާތްތަކަށް ކުރީގެ ރައީސް ސޯލިހް މަރުހަބާ ދަންނަވައިފި

ފޮޓޯ: ދަ ޕްރެސް

ހުކުރުު ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައި އިލެކްޝަންގައި އިންތިހާބުވި ފަރާތްތަކަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފި އެވެ.

މިއިންތިހާބުގައި ބައިވެރިވެ އިންތިހާބުވެފައިވާ އެމްޑީޕީ ގެ ހުރިހާ މެންބަރުންނަށް މަރުހަބާ ވިދާޅުވަމުން ރައީސް ސޯލިހު ވިދާޅުވީ އިއްޔެގެ އިންތިހާބުގައި އިންތިހާބުވި ފަރާތްތަކާއެކު އެމްޑީޕީއަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އެމަނިކުފާނު އުންމީދު ކުރައްވާ ކަމަށެވެ.

ހުކުރުދުވަހުގެ މެންދުރު 14:30 އިން ރޭގަނޑު 9:00 އަށް ކުރިއަށް ގެންދިޔަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައި އިލެކްޝަންގައި މާލެ ސިޓީގެ ރައީސްކަމަށް އަލީ އާޒިމް އިންތިހާބު ވެފައިވާ އިރު، އަލީ އާޒިމް މިމަގާމަށް އިންތިހާބު ވެފައި ވަނީ ބޮޑު ތަފާތަކުންނެވެ. މިދާއިރާއަށް އަލީ އާޒިމް އާއި ވާދަކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހެވެ. އާޒިމްއަށް 1079 ވޯޓު ހޯއްދަވައިފާއިވާ އިރު، ފަލާހު އަށް ލިބިވަޑައިގަތީ 470 ވޯޓެވެ.

މީގެއިތުރުން މި އިންތިހާބުގައި އެޕާޓީގެ ގައުމީ މަޖިލީހުގައި ހުސްވެފައިވާ 21 ދާއިރާއަކަށް ވަނީ މެންބަރުން އިންތިހާބު ކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-