ކުރީގެ ރައީސް އަބްދުﷲ ޔާމީން މި ސަރުކާރާ ދުރަށް ވަޑައިގަތީ އެހެން ބޭފުޅަކު ވެރިކަން ކުރައްވާ ތަން ބައްލަވަން އެ މަނިކުފާނުގެ ލަގޮނޑިއަށް ކެތް ނުވެގެން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް އަބްދުﷲ މިހެން ވިދާޅުވެފައިވަނީ މިދިޔަ ޕީއެންއެފުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައި ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައިފައެވެ.
ރައީސް ޔާމީންއަށް ރައްދުދެއްވާ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރާ ދުރަށް ވަޑައިގަތީ ޔާމީންގެ ބޮޑާކަމާއި ކިބުރުވެރިކަން ބޮޑުވެ، އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ބައްލަވަން ލަގޮނޑިއަށް ކެތްނުވެގެން ކަމަށެވެ.
އަބްދުއްރަޙްމާން ވަނީ ރައީސް ޔާމީން އަރިހުން ރައްޔިތުން ހެއްލިދާނެ ކަމަށް މޮޅު ވާހަކަ ދައްކަވަން ނޫޅުއްވުމަށް އެދިފައެވެ.
“ވެރިކަމުގެ އިއްޒަތާއި ލައްޒަތަށް އޮތް ދަހިވެތިކަމަކުން. މިކަން ވަކިން ބޮޑަށް މިއަދު ރައްޔިތުންނަށް ޔަގީން ވަނީ ސިޔާސީ ގޮތުން ފެއިލްވެފައި ތިބި ދެ ތިން މީހުން ގޮވައިގެން ތިޔަޖަހާ ހަޑި ހުތުރު މުޑުދާރު ސަކަރާތުން،” ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގައި އެ މަނިކުފާނުގެ ހިއްސާއެއް އޮންނާނެ ކަމަށާއި، މިވެރިކަމުން އެމަނިކުފާނު ދުރަށް ވަޑައިގަތީ ހަދަމުންދާ ގޯސްތަކަށް ކެތްނުކުރެއްވިގެން ކަމަށެވެ.