-Advertisement-

-Advertisement-

ކޮލެޓީދަށް ބޭސްތަކެއް ވިއްކުން މަނާކޮށްފި

އެލެގްރާ ސަސްޕެންޝަން ބޭސް ފޮޓޯ/ މެޖިކްޕިލްސް

އެލާޖިކްވުމުގެ ސަބަބުން ދިމާވާ ތަފާތު އަލާމާތްތަކަށް ފަރުވާ ދިނުމަށް ބޭނުން ކުރާ ބޭހެއްކަމަށްވާ އެލެގްރާ ބޭހުގެ ރާއްޖެ އތެރެކޮށް ބޭނުންކުރާ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ފާހަގަކުރެވި އެބޭސް އެތެރެކޮށް ވިއްކާ އަދި ބޭނުންކުރުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެލެގްރާގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާކަމަށް އެ ބޭސް އުފައްދާފައިވާ ކުންފުނިކަމަށްވާ އިންޑިއާގެ ސެނޮފީ އިންޑިއާ ލިމިޓެޑް އިން އެލާޓްކޮށްފައި ވާކަމަށެވެ.

އެގޮތުން އެ ބޭހުގެ  AL1223019, AL1223029 އަދި AL1223060 ބެޗްގެ ބޭސްތައް ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ އިއުލާނުކޮށްފައެވެ.

އަދި މިހާރު އެ ބެޗްގެ ބޭހެއް ދަނެއް ނުވަތަ ސިއްހީ ޚިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެމްއެފްޑީއޭގެ އީމެއިލް މެދުވެރިކޮށް އެންގުމަށް ވެސް އެ އިދާރާއިން ވަނީ އަންގައިފައެވެ.

އަދި ބޭހާއި ގުޅޭ އިތުރު މައުލޫމާތެއް ބޭނުންނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު، 7200321ށް ގުޅައި މައުލޫމާތު ހިއްސާކުރުމަށްވެސް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-