ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިއަދާއި މާދަމާ ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށް ސަންއޮންލައިނުން މެޓް އޮފީހާއި ހަވާލާދީ ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ފެށުނު އޮގަސްޓު މަހަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަ ކުރާނެ ދުވަސްތަކެއް ކަމަށާއި މިއަހަރުގެ މެއި މަހުން ފެށިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ.
މެޓް އޮފީހުން ވިދާޅުވެފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 38.7 މިލިމީޓަރުގެ ވާރޭ ވެހި، ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ވާރޭ ވެހިފައި ވަނީ ހދ. ކުޅުދުއްފުއްޓަށެވެ. އެއަށްފަހު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ހއ. ކެލާއަށާއި ރ. އަލިފުށްޓަށް ކަމަށް ވެސް އެއިދާރާއިން ބުނެފައިވެއެވެ.
މީގެއިތުރުން މިއަދުގެ މިއަދުގެ އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި ފަނަރަ މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އިރު، ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.
މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާ އިރު، ރާޅުގެ އުސްމިނުގައި 2-5 ފޫޓު ހުންނާނެ އެވެ.