-Advertisement-

-Advertisement-

އެލްޖީއޭގެ ސިއީއޯއަކަށް ނިމާލް އައްޔަންކޮށްފި

ފޮޓޯ/ ރައީސް އޮފީސް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ސީއީއޯގެ މަޤާމަށް ނިމާލް އައްޔަން ކުރައްވައިފިއެވެ.

ފެނަކައިގެ އެމްޑީކަންވެސް މީގެ ކުރިން ކުރެއްވި މ. ކޮކާ ހަނދުވަރުގެ، މުޙައްމަދު ނިމާލް މިއަދު ވަނީ (އެލްޖީއޭ) ސީއީއޯގެ މަޤާމަށް އައްޔަން ކުރައްވައި މަޤަމުގެ ލިޔުން ހަވާލުކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިޔާތެއްގައި އެ މަޤާމުގެ ފަތްކޮޅު ނިމާލްއަށް އެރުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒެވެ.

ނިމާލް މީގެ ކުރިން ވަނީ، މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމުގެ އިތުރުން ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓަރ ކައުންސެލަރ މަގާމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުވެސް އަދާކުރައްވައިފައެވެ.

ނިމާލް ވަނީ އޮސްޓްރޭލިއާގެ ޗާލްސް ސްޓާޓް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ބިޒްނަސް (މާކެޓިންގ) ހާސިލްކުރައްވާފައެވެ.

މީގެ ކުރިން އެލްޖީއޭގެ ސީއީއޯގެ މަގާމުގެ ހުންނެވީ ޑރ. މަރިޔަމް ޒުލްފާއެވެ. ޒުލްފާ މިހާރު ވަނީ ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-