-Advertisement-

-Advertisement-

ހުޅުމާލެ 2 ގައި ދަތުގެ ފަރުވާއަށް ޚާއްޞަ ކްލިނިކެއް ހުޅުވައިފި

"މައި ފެމިލީ ޑެންޓިސްޓް" ކްލިނިކް ހުޅުވުމުގެތެރެއިން. ފޮޓޯ: ޕީއެސްއެމް

ހުޅުމާލެ ހިޔާ ޓަވަރު 3 ގައި “މައި ފެމިލީ ޑެންޓިސްޓް”ގެ ނަމުގައި ދަތުގެ ފަރުވާއަށް ޚާއްޞަ ކްލިނިކެއް ހުޅުވައިފިއެވެ.

މި ކްލިނިކަކީ ނާޑު ޕްރައިވެޓް ލިމިޓެޑާއި ސްރީލަންކާގެ ޑެންޓަލް ޚިދުމަތް ފޯރުކޮށްދޭ “މައި-ޑެންޓިސްޓް”އާ ގުޅިގެން ޤާއިމުކުރި ކްލިނިކެކެވެ.

މި ކްލިނިކުގައި ޖުމްލަ 3 ކޮޓަރިއެއްގައި ބަލި މީހުން ބެލުމަށް ވަނީ ހަމަޖެހިފައެވެ. މި ވަގުތު 3 ޑޮކްޓަރުން މި ކްލިނިކުގައި ބަލި މީހުން ބަލަމުން ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ކޮންމެ ޑޮކްޓަރެއް ވެސް ފަރުވާ ދޭނީ އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކުކަމަށް ނާޑު ކުންފުނިން ބުނެއެވެ.

ނާޑު ކުންފުނިން ބުނެފައިވާ ގޮތުގައި މި ކްލިނިކް ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުގެ ފަރުވާގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ. ނާޑު ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް މުސްތަޤްބަލުގައި “މައި ފެމިލީ ޑެންޓިސްޓް”ގެ ކްލިނިކްތައް މާލޭގެ އެކި އަވަށްތަކުގައި ވެސް ޤާއިމްކުރުމެވެ.

ނާޑުން ހުޅުމާލެ ހިޔާ ޓަވަރު 3 ގައި ގާއިމު ކުރި ކްލިނިކްގައި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަތުގެ އެކި ފަރުވާތައް ފޯރުކޮށްދެވޭނެ ނިޒާމުތައް ހުރިކަން ފާހަގަކޮށްލެވެއެވެ. އަދި އެ ކްލިނިކްގައި ޚިދުމަތް ދޭނީ ތަޖުރިބާކާރު ޕްރޮފެޝަނަލް ޑެންޓިސްޓުންކަން ވެސް ފާހަގަކޮށްލެވެއެވެ.

ކުރިއަށް އޮތް ތަނުގައި ދަތުގެ އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމު ވެސް އަލަށް ހުޅުވުނު މި ކްލިނިކުގައި ތައާރަފުވެގެންދާނެކަމަށް ނާޑުން ބުނެއެވެ.

ނާޑު ޕްރައިވެޓް ލިމިޓެޑަކީ މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ ކްލިނިކްތަކާއި ހޮސްޕިޓަލްތަކަށް ޞިއްޙީ ދާއިރާގެ އެކި ވަޞީލަތްތައް ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-