-Advertisement-

-Advertisement-

އަނެއްކާ ވެސް ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުން ހުއްޓުވައިފި.

ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ފިޔަވަޅު އަޅަން އިމިގްރޭޝަނުން ހިންގަމުން އަންނަ އޮޕަރޭޝަނުގައި، ކާބޯތަކެތީގެ ވިޔަފާރިކުރަމުން ދިޔަ 4 ބިދޭސީއަކު ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި ރޭ “އިމިގްރޭޝަން ވޮޗް” މެދުވެރިކޮށް ގަވާއިދާ ޚިލާފަށް ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވަރީ ކުރަމުން ދިޔަ ތަނެއްގެ މައުލޫމާތު އިމިގްރޭޝަނަށް ވަނީ ލިބިފައެވެ. އަދި އެ ތަން ބަލައި ފާސްކޮށް، އެ މަސައްކަތުގައި ހަރަކާތްތެރިވި 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނުކަމަށް ވެސް އިމިގްރޭޝަނުން ރޭ ވަނީ ހާމަކޮށްފައެވެ.

އެ މީހުން ވިޔަފާރީގެ މުއާމަލާތް ހިންގަމުން ދިޔަ ތަނާ ބެހޭ މައުލޫމާތެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

އިމިގްރޭޝަންގެ އޮޕަރޭޝަނުގެ ސަބަބުން ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ވިޔަފާރިކުރާ ބިދޭސީން ދެނެގަނެވޭ މިންވަރު މިހާރު ވަނީ އިތުރުވެފައެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު ވެސް ހުޅުމާލެއިން 3 ފަންގިފިލާގެ އިމާރާތެއް ބަލައި ފާސްކޮށް، ކާބޯތަކެތީގެ ވިޔަފާރި ގަވާއިދާ ޚިލާފަށް ކުރަމުންދިޔަ 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ހަމައެހެންމެ މިދިޔަ މަހުގެ 30 ވަނަ ދުވަހު ވެސް އިޖުތިމާއީ މިންގަނޑާ ޚިލާފަށް ބިދޭސީން ކައްކަމުން ދިޔަ ތަނެއް ބަލާ ޞައްޙަ ވިސާ ނެތް 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-