-Advertisement-

-Advertisement-

އެމެރިކާއިން ރާއްޖެއަށް 8.5 މިލިއަން ޑޮލަރު ހަދިޔާކޮށްފި

އެމެރިކާއިން ރާއްޖެއަށް 8.5 މިލިއަން ޑޮލަރު އިތުރު އެހީގެ ގޮތުގައި ހަދިޔާކުރުން. ފޮޓޯ: މާލީ ވުޒާރާ

ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީއޯއޭޖީ)އަށް ގެނައި 14 ވަނަ އިސްލާހުގެ ދަށުން އެމެރިކާއިން ރާއްޖެއަށް 8.5 މިލިއަން ޑޮލަރު އިތުރު އެހީގެ ގޮތުގައި ހަދިޔާކޮށްފިއެވެ.

އިއްޔެ އެމެރިކާއިން މި ފައިސާ ރާއްޖެއަށް ހަދިޔާކޮށްފައި ވަނީ، މާލީ ވުޒާރާގައި މި ކަމަށް ޚާއްޞަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. ޑީއޯއޭޖީގެ މި އައު އިސްލާހާ ގުޅިގެން އެއްބަސްވުމުގެ ޖުމްލަ އަގު 45.7 މިލިއަން ޑޮލަރަށް އިތުރު ކޮށްފައިވާކަމަށް މާލީ ވުޒާރާއިން ބުންޏެވެ. މި ރަސްމިއްޔާތުގައި ޔޫއެސްއޭއައިޑީގެ މިޝަންގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާލީ ވުޒާރާއިން އިއްޔެ ހާމަކުރި ގޮތުގައި މިދިޔަ އަހަރުތަކުގައި ރާއްޖެއަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދު އެމެރިކާއިން އައީ އިތުރު ކުރަމުންނެވެ. އަދި ޑީއޯއޭޖީގެ ގްރާންޓް އެއްބަސްވުމަށް ގެނައި އިސްލާހުގެ ދަށުން އިއްޔެ އެމެރިކާ ސަރުކާރުން ރާއްޖެއަށް އިތުރު 8.5 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވާކަމަށް ވެސް މާލީ ވުޒާރާއިން ބުނެފައިވެއެވެ.

މާލީ ވުޒާރާގައި ބެއްވި ރަސްމިއްޔާތެއްގައި އެ އިސްލާހުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދާއި އެމެރިކާ ސަރުކާރުގެ ފަރާތުން ޔޫއެސްއޭއައިޑީގެ މިޝަން ޑިރެކްޓަރު ގެބްރިއަލް ގްރައުއެވެ.

“ރާއްޖޭގެ ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށާއި އިކޮނޮމީ ކުރިއަރުވާ ހެޔޮ ވެރިކަމެއް ގާއިމް ކުރުމަށް އަހަރެމެން އެހީތެރިވެދޭނަން، ” އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫއެސްއޭއައިޑީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓާ މައިކަލް ޝިފާ ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ތަރައްޤީއަށް އެހީވުމަށް ފޯރުކޮށްދިން މި ފައިސާގެ މަޤްޞަދަކީ އިޤްތިޞާދީ ވިލުންތެރިކަން އިތުރުކޮށް، ޑިމޮކްރެޓިން ވެރިކަން ހަރުދަނާކުރުމާއި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-