-Advertisement-

-Advertisement-

ކެންދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ނިންމާލައިފި

ސިއްހީ ވަޒީރު ޑރ. އަބްދުﷲ ހަލީލު މަޖިލީސްގައި

ބ ކެންދޫ ސިއްހީ މަރުކަޒުގެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

ރައްޔިތުންގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ސިއްހީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، ކެންދޫގައި އިމާރާތްކުރާ ސިއްހީ މަރުކަޒުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލައިފައިވާކަމަށެވެ.

އެގޮތުން ވަޒީރު ވިދާޅުވީ މި ސިއްހީ މަރުކަޒުގެ މަސައްކަތް މި މަސްތެރޭގައި ނިންމާލެވިފައި ވީނަމަވެސް އަދި އިމާރާތް މިނިސްޓްރީއާއި ހަވާލުކޮށްފައި ނުވާކަމަށެވެ.

އަދި ކައިރި މުސްތަޤްބަލެއްގައި މިނިސްޓްރީގެ ފަރާތުން އިމާރާތާއި ހަވާލުވެ ތަނުގެ ޚިދުމަތް ފެށުމުގެ އިންތިޒާމުތައް ފަށާނެކަމުގައި ވަޒީރު ވަނީ ވިދަޅުވެފައެވެ.

މީގެ އިތުރުން ކުރީ ސަރުކާރުގައި އެ ސިއްހީ މަރުކަޒު އިމާރާތް ކުރުމަށް ހެދުނު ކުރެހުމަށް މި ސަރުކާރުން ބަދަލުތަކެއް ގެނެވިފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އިމާރާތް ނިންމުމަށް މައިގަނޑު ގޮތެއްގައި ދިމާވި މައްސަލައަކީ ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވި މައްސަލަ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-