-Advertisement-

-Advertisement-

ހުރިހާ އަތޮޅު ހޮސްޕިޓަލަކުން ޑައިލެސިސްގެ ހިދުމަތް ލިބިގެންދާނެ: މިނިސްޓަރު ހަލީލް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް އިދާރާ

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލަކުން ޑައިލެސިސްގެ ހިދުމަތް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހާޒިރުކުރުމުން ކެންދޫ ދާއިރާގެ މެންބަރު އެ ދާއިރާގެ ރަށްތަކުގައި ޑައިލިސިސްގެ ހިދުމަތް ގާއިމްކުރެވޭނެ ތާރީހާކަ ބެހޭ ގޮތުން ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ  މިހާރު ކުރެވޭ މަސައްކަތްތަކަށް ބަލާއިރު މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅު ހޮސްޕިޓަލްތަކެއްގައި ޑައިލިސިސްގެ ހިދުމަތް ފޯރު ކޮށެދެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ވެސް ދެ ހޮސްޕިޓަލެއްގައި އެމަސައްކަތް ފަށާ އެހިދުމަތް ފޯރުކޮށްދެމުންދާ ކަމަށާއި ބައެއް ހޮސްޕިޓަލުތަކުގައި އެ ހިދުމަތް ފެށުމަށް ބޭޏުންވާ މެޝިނަރީޒްތައް މިހާރު ހޯދާފައިވާ ކަމަށެވެ. އަދި އެހިދުމަތް ފެށުމަށް ޖާގަ ބޭނުންވާ ހޮސްޕިޓަލުތަކުގައި ޖާގަ ހެދުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އާބާދީއަށް އެފަދަ ހިދުމަތްތައް ބޭނުންވާ ރަށްރަށަށް އެހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސަރުކާރުން މިއަހަރުގެ ތެރޭގައި ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައެލިސިސްގެ ހިދުމަތް ލިބޭ ގޮތް ހަދައިދޭނެ ކަމަށް ބުނެފައިވާއިރު، ޑައިލެސިސްގެ ހިދުމަތް ފުޅާ ކުރުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން މިހާރުވެސް ރ. އުނގޫފާރު ހޮސްޕިޓަލާއި އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިތުރުން ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ބ. އަތޮޅު ހޮސްޕިޓަލާއި ޅ. އަތޮޅު ހޮސްޕިޓަލުގައި މިހިދުމަތް ފޯރުކޮށްދެވިގެން ދެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-