-Advertisement-

-Advertisement-

ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް އާންމުންގެ ޚިޔާލު ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ. ފޮޓޯ: ރާއްޖެ އެމްވީ

ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށެހެޅުނު ބިލަށް ޚިޔާލު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.
މި ބިލަކީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި ބިލެކެވެ. މި ބިލަށް ޚިޔާލު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް މިއަދުގެ 14:00 ގެ ނިޔަލަށް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅަން ޖެހުނު އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި ބެލެވެނީ ޤަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދު ގިނަވުމެވެ. ހަމައެހެންމެ ޤާނޫނު ތަންފީޒްކުރުން އިތުރަށް ހަރުދަނާކުރުން ވެސް މި ބިލު ހުށަހެޅުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލް ދިރާސާކުރަމުގެ މަސަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއިން މިހާރު ދަނީ ކުރަމުންނެވެ.

ވަޒީފާއާ ބެހޭ ޤާނޫނުގައި ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތަކާއި މިންތައް އިސްލާހުކުރުމަކީ ޤަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ނުހަނު ބޭނުންތެރި ކަމެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-