-Advertisement-

-Advertisement-

އައްޑޫ ސިޓީއަށް ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް ފެނަކައިން ފަށައިފި

ފޮޓޯ: ފެނަކަ ކޯޕަރޭޝަން ލިމިޓެޑު

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1600 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް އައްޑޫއަށް ގެންދިއުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ފަށައިފިއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި މިވަގުތު ބޭނުންކުރެވޭ ގޮތަށް ހުރީ އެންމެ 15.5 މެގަވޮޓްގެ ކެޕޭސިޓީއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގުޅިފައިވާ ރަށްތަކުގައި އާންމުކޮށް ބޭނުން ކުރާ 5 އިންޖީނު މިހާރު ވަނީ ހަލާކުވެފައެވެ.

އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ޖުމްލަ 26.8 މެގަވޮޓް ކަރަންޓު އުފެއްދޭނެ ކެޕޭސިޓީ ހުރި 20 އިންޖީނު ބަހައްޓާފައި ހުރެއެވެ. ނަމަވެސް ބައެއް އިންޖީނު ހަލާކުވެފައި ހުރުމާ ގުޅިގެން ބޭނުން ކުރެވޭ އިންޖީނުތަކަށް ވަނީ ވަރަށް ބާރު ބޮޑުވެފައެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުން ކުރާ ގަޑިތަކުގައި 12 މެގަވޮޓުގެ ކަރަންޓު ބޭނުންކުރާކަމަށް މައުލޫމާތު ލިބެއެވެ.

މިހާރު ގެންދިއުމަށް ހަމަޖެހިފައިވާ 1,600 ކިލޯވޮޓްގެ ޖަނަރޭޓަރާއެކު ވަގުތީ ހައްލެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި 32 މެގަވޮޓްގެ އިންޖީނުގެއެއް އައްޑޫ ސިޓީގައި ގާއިމުކުރުމަށް އެ ކުންފުނިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އައްޑޫ ސިޓީގައި މިހާރު އޮތް ކަރަންޓް ނެޓްވޯކަކީ ވިއްސަކަށް އަހަރުވެފައިވާ ނެޓްވޯކެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-