-Advertisement-

-Advertisement-

ދެން ބައިއިލެކްޝަން ބާއްވާނީ އަހަރަކު ދެފަހަރު!

ޖަނަވަރީ 14, 2022 - މާލޭގެ މޭޔަރަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަންގެ ވޯޓު ލުމުގެ ތެރެއިން. ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެކި އެކި ސަބަބުތަކާ ކައުންސިލްތަކުން ހުސްވާ ގޮނޑިތަކަށް މެމްބަރުން އަންޔަން ކުރުމަށް ބާއްވާ ބައި އިލެކްޝަންތައް އަހަރަކު އެންމެ ދެ ފަހަރު ބޭއްވުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.

މި އިސްލާހު ހުށަހަޅާފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށެވެ.

ރައްޔިތުންގެ މަޖިލިހަށް  ކާށިދޫ ދާއިރާގެ މެންބަރު މުންތަސިމް އިބްރާހީމް ހުށަހެޅުއްވި މި ބިލުގައި ވާގޮތުން ހުސްވާ ގޮނޑިތަކަށް މެމްބަރުން އައްޔަން ކުރުމަށް  ބައި-އިލެކްޝަން ބާއްވަން ޖެހެނީ އެ މަގާމު ހުސްވާތާ 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގައި، 183 ދުވަހުގެ ތެރޭގައެވެ. އަދި ކައުންސިލްގެ ދައުރު ހަމަވާން ކައިރިވެފައިވާނަމަ އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރުން ލާޒިމު ނޫން ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.

އަދި އެއްވެސް ސަބަބަކީ ހުރެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް، ރަށު ކައުންސިލްގެ ނައިބު ރައީސް އަދި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް އަލުން މެންބަރަކު އައްޔަން ކުރަންޖެހޭއިރު، އެ ތިން ކައުންސިލްގެ ރައީސް ކަމުގެ މަގާމު ވެސް ހުސްވެފައިވާ ނަމަ، އެ ތިން ކައުންސިލުގެ ނައިބު ރައީސްގެ މަގާމު ހުސްވާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި އެ މަގާމަށް އަލުން މެންބަރަކު އިންތިޚާބުކުރަން ޖެހޭނެ ކަމަށް މިއަދު ފާސްކުރެވުނު ބިލުގައި ވެއެވެ.

މި އިސްލާހު ބަލައިގަންނަން ފެންނަ ކަމަށް 67 މެންބަރުން ތާއީދުކޮށް ވޯތު ދީފައިވާއިރު އިސްލާހު ގެނައުމަށް ނުފެންނަކަމަށް 8 މެމްބަރަކު ވަނީ ވޯޓު ދެއްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-