-Advertisement-

-Advertisement-

މަޖިލީހުން ގާނޫނުއަސާސީން މަތިކޮށްފައިވާ ހައްގުތައް ކަށަވަރުކޮށްދިނުމަށް ފުރިހަމަ ޒިންމާ އަދާކުރާނެ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީން މަތިކޮށްފައިވާ ހައްގުތައް ކަށަވަރުކޮށްދިނުމަށް ފުރިހަމަ ޒިންމާ އަދާކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ފެހި ގާނޫނުއަސާސީ ތަސްދީގުކުރި ކުރުމަށް 16 އަހަރު ފުރުން ފާހަގަކުރައްވައި މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ކަށަވަރުކޮށްދެއްވާނެ ކަމާއި، މަޖިލީހަށް ގާނޫނުއަސާސީން މަތިކޮށްފައިވާ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

“ހައްގުތައް ކަށަވަރުކޮށްދިނުމުގައި، އަދި ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކޮށް، މުއައްސަސާތައް ޖަވާބުދާރީކުރުވައި، ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު މިމަޖިލީހުން އަދާކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަން،” އޭނާ ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނުނުއަސާސީ ތަސްދީގު ކޮށްފައިވަނީ 7، 2008 ގައެވެ. އެގާނޫނު އަސާސީ އެކުލަވާލަން ނެގި ހާއްސަ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ މިހާރުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. މިއަދު ޖަލްސާގައި މަޖިލީހުގެ ރައީސްގެ އިތުރުން މެންބަރުން ވަނީ އެކަން ފާހަގަކުރައްވާ ގާސިމްއަށް ޝުކުރު ދަންނަވާފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-