-Advertisement-

-Advertisement-

ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށްގެން ލޯނުތަކެއް ތައާރަފް ކުރަނީ

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް. ފޮޓޯ: އެޑިޝަން.އެމްވީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ޓޫރިޒަމް ދާއިރާއަށް ޚާއްސަ ލޯނުތަކެއް ތައާރަފް ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ ގުޅިގެން  މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ފައިސަލް ވިދާޅުވީ ޓޫރިޒަމް ދާއިރާއަށް ޚާއްސަކޮށްގެން ފައިނޭންސިން ޕްރޮޑަކްޓްތަކެއް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ސަރުކާރުން ބޭނުންވަނީ ވީހާ ވެސް ގިނަ ޒުވާނުން ޓޫރިޒަމް ދާއިރާ އަށް އިންވެސްޓް ކުރަން ފެށުން ކަމަށެވެ.

“ރަނގަޅު އިންޓްރެސްޓް ރޭޓުތަކެއްގައި ގެސްޓް ހައުސްތަކާއި ހޮޓެލްތައް އެޅުމަށް އެކަށޭނެ އަދަދަކަށް ފައިސާ/ ލޯނުތަކެއް ތައާރަފް ކުރަމުން،” އޭނާ ވިދާޅުވި އެވެ.

އެގޮތުން މިއަހަރު ތެރޭގައި ބީއެމްއެލް އާއި އެމްއައިބީ މެދުވެރިކޮށް ޓޫރިޒަމް ދާއިރާއަށް ތައާރަފް ކުރެވޭ ލޯނުތައް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގެސްޓް ހައުސް އާއި ރިސޯޓުތައް އިތުރު ކުރެވޭނެ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

“ދެކެން ބޭނުންވަނީ އައްޑޫގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓަށް ޑައިރެކްޓު ފްލައިޓު ޖައްސައި، އެ ތާނގައި ހުންނަ އެނދުތައް ފުރޭނެ ގޮތަކަށް ދިވެހި ރާއްޖޭގެ ޓޫރިޒަމް ބައްޓަން ވެގެން ދިއުން،” ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ރާއްޖޭގެ ކޮންމެ އަތޮޅަކަށް ހާއްސަ ޓޫރިޒަމް ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެޕްލޭނާއިއެކު ކޮންމެ އަތޮޅެއްގައި ހިންގާނެ ރިސޯޓުތަކުގެ އަދަދާއި ގެސްޓް ހައުސްތަކުގެ އަދަދުތައް ވެސް ކަނޑައަޅައި، އެ ކަންކަން ހާސިލު ކުރަން މަސައްކަތް ފެށޭނެ ކަމަށެވެ. އަދި އެގޮތުން މިހާރު އޮތް ހާލަތު ބަދަލު ކުރަން ކޮންމެ އަތޮޅެއްގައި 6،000 އެނދު ހުންނަން ޖެހޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-