-Advertisement-

-Advertisement-

މިސްކިތުން ފައިވާން ވަގަށް ނަގާ ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި

ފޮޓޯ: ދިވެހި ފުލުހުންގެ އިދާރާ

މިސްކިތެއް ކައިން ފައިވާންތަކެއް ވަގަށް ނެގުމަށްފަހު ބިރުދެއްކި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ފުރުގާން މިސްކިތް ކައިރީ ހުރި ފައިވާންތަކެއް ވަގަށް ނެގުމަށްފަހު، އެތާ ކައިރީގައި ހުރި މީހަކަށް ވަޅިން ބިރު ދެއްކުމުން ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފައިވާއިރު، މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރުގެ މުހައްމަދު ޝަރީފް، ފެހިއަލި / ހއ. ހޯރަފުށި އެވެ.

ފުލުހުން ދަނީ މިހާރު މިމައްސަލަ ތަހުގީގު ކުރަމުން ކަމަށް ވެސް އެއިދާރާއިން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-