-Advertisement-

-Advertisement-

މުރައިދޫގޭގެ އެންމެ އިސްވެރިޔަކަށް މުންޑު ހަމަޖައްސައިފި

ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅު “މުރައިދޫ ގޭ” ގެ އެންމެ އިސް ވެރިޔާގެ މަގާމަށް ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) ހަމަޖައްސައިފިއެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ގެކޮޅުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ނޫސްވެރިޔާ އާދަމް ހަލީމް ހަމަޖައްސާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީސްގެ ރައީސްގެ “މުރައިދޫ ގޭ” އަށް މަޖީލީހުގެ ރައީސް އަބްދުއްރަހީމް ބަދަލުވެވަޑައިގަތީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ، މުރައިދޫ ގެއަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ބަދަލުވެވަޑައިގަތީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

މުރައިދޫ ގޭގެ އެންމެ އިސްވެރިޔާގެ މަގާމަށް ނޫސްވެރިޔާ އާދަމް ހަލީމް (މުންޑު) އަކީ ނޫސްވެރިއެއްގެ ގޮތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާ ނޫސްވެރިކަމުގެ ދާއިރާއިން އާންމު ހިދުމަތުގެ އިނާމާއި ރަން ގަލަން ހާސިލްކޮށްފައެވެ.

މުންޑު އޭނާގެ ނޫސްވެރިކަމުގެ ހަޔާތް ފެއްޓެވީ “އާފަތިސް” ނޫހުންނެވެ. އެއަށްފަހު “ވީނިއުސް”، “އަވަސް” އަދި “ސަން” ގައިވެސް އެޑިޓަރެއްގެ ގޮތުގައި އޭނާ ވަނީ މަސައްކަތްކުރައްވާފައެވެ. އަދި “ދަ މިރާ” ގެ ނަމުގައި އަމިއްލަ ނޫހެއްވެސް ވަނީ ފައްޓަވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-