އެމެރިކާގެ ރައްޔިތެއް ކަމަށްވާ 45 އަހަރުގެ ކްރިސް ޕައިލް، އޭނާގެ ވަގުތު ހޭދަ ކުރަނީހުދު ޓީޝަޓަކާއި ސޯޓުކޮޅެއް ލައިގެން އޭނާގެ އަރާމު ގޮނޑީގައެވެ.
މިއީ މެކޭނިކަކަށް އަދާކުރެވޭނެ ވަރަށް ތަފާތު މަސައްކަތެކެވެ. އެހެންނަމަވެސް ފައިދާ ވަރަށް ބޮޑެވެ. ޕައިލްވަނީ 2006 ގައި އެހެން މީހުން ގޭސް އަދި ޑީސަލް އިންޖީނާއި ގުޅުން ހުރި ސުވާލުތަކަށް “ޖަސްޓްއަންސާ” ނަމަކަށް ކިޔާ ވެބްސައިޓަކަށް ޖަވާބު ދޭ މީހެއްގޮތުގައި ވަޒީފާގެ އިތުރަށް އިތުރު މަސައްކަތެއް ގޮތުގައި ފަށާފައެވެ.
މި އިތުރު މަސައްކަތުން އޭނާއަށް ހަމައެކަނި ފުރަތަމަ މަހުގައިވެސް 500 ޑޮލަރުވަނީ ލިބިފައެވެ. އަދި ދެން ޖެހިގެން އައި މަސްތަކުގައި މި އަދަދު އިތުރުވަމުން ދިއައެވެ. އޭނާގެ މެކޭނިކް ކަމުގެ ވަޒީފާ ދޫކޮށްލީ “ޖަސްޓައާންސާ”އިން އޭނާއަށް ލިބޭވަރު އިތުރުވުމާ ގުޅިގެން 2012 ގައެވެ.
2023 ވަނަ އަހަރުގައި ޕައިލްވަނީ 170500 ޑޮލަރު ހޯދާ އެވަރެޖްކޮށް 14،200 ޑޮލަރު މަހަކު ހޯދާފައިކަން ސީއެންބީސީ މޭކްއިޓް ކިޔާ ޕްރޮގްރާމަކުން ބެލިބެލުމުން އެގުނެވެ. މިއީ މެކޭނިކަކު އެމެރިކާގައި މަސައްކަތް ކުރާ އަގަށް ވުރެ 2 ގުނަ ބޮޑު އަގެކެވެ.
މި އާ ވަޒީފާއިން ޕައިލްއާއި އޭނާގެ އަންހެނުންވަނީ 34 އޭކަރުގެ ބިމެއް ހަމައެކަނި ޖަސްޓްއާންސާގައި މަސައްކަތް ކޮށްގެން ލިބޭ އާމްދަނީއިން ގަނެފައެވެ.
އޭނާ ބުނާގޮތުން މި މަސައްކަތުގައި 10 ގަޑިއިރު ހަފްތާ އެއްކޮށް ހޭދަ ކުރިނަމަވެސް އޭނާގެ އާއިލާއާއި އެކު ވަގުތު ހޭދަކުރަން ފުރުސަތު ލިބޭކަމަކަށެވެ.
“އަހަރެން 8 އަހަރުވަންދެން މަސައްކަތް ކުރީ ކަބްސްކައުޓް މާސްޓަރަކަށް… އަދި ފުޓުބޯޅަ ކޯޗެއްގޮތުގައިވެސް މަސައްކަތް ކުރިން..” ޕައިލް ބުންޔެވެ. ” އަހަރެން މި ކުރާ މަސައްކަތް މެދުކަނޑާލާފައި މިހާރުވެސް ދަރިފުޅާއެކު ގޭމް ކުޅެލަން ނުވަތަ ޕޫލުގައި ފަތާލަން ދެވިދާނެ.”
ޕައިލް ގެ މިމަސައްކަތް ފެށުނުގޮތް
މިއީ މަސައްކަތެއްކަން ފުރަތަމަ ޕައިލްއަށް އެގުނީ އޭނާވެސް އޮންލައިންކޮށް ޓްރާންސްމިޝަނަކަށް ޖެހުނު މައްސަލައެއް ހައްލުކުރަންވެގެން ހަދާނެގޮތެއް ހޯދަމުން ދަނިކޮށެވެ. މި ސުވާލަށް އޭނާއަށް ޖަވާބު ފެނުނީ އެހެން މެކޭނިކަކު ޖަސްޓްއާންސާގައި ދީފައި އޮތުމުންނެވެ. އޭގެ ފަހުން އެ ވެބްސައިޓުގައި އޭނާ ޖަވާބު ދޭފަރާތަކަށް ވެ މަސައްކަތް ފެށިއެވެ. މި މަސައްކަތް ވެގެން ދިޔައީ އޭނާ ވަރަށް ޝައުގުވެރިވި މަސައްކަތަކަށެވެ. އޭރު އަދާކުރި ވަޒީފާ ނިންމާލުމަށްފަހު ހަވީރު މިފަދަ އެތަށް ސުވާލުތަކަކަށް ޖަވާބު ދޭން ޕައިލް ވަގުތު ހޭދަކުރެއެވެ.
އޭނާ ބުނިގޮތުގައި މި މަސައްކަތް ކުރަމުން ދިޔަ ދެވަނަ މަހުގައި 1000 ޑޮލަރު ލިބުމުން އޭނާގެ އަންހެނުން ގޮވައިގެން ބާޒާރަށް ގޮސް އަންހެނުންނަށް 500 ޑޮލަރު ދިނުމަށްފަހު ހުރިހާ ލާރިއެއް ހުސްކޮށްލައިގެން އައުމަށް ބުނި ހަނދާންވާކަމަށެވެ.
ކޮންމެ އަކަސް މަސައްކަތުގެ ފައިދާ ބޮޑުކަމުން ގިނަ ވަގުތު މިކަމުގައި ހޭދަކުރުމަށް ދުވާލަކު 40 ސުވާލަށް އޭނާ ޖަވާބު ދޭން ފެށިއެވެ. އަދި އިތުރަށް ޖަވާބު ދެވޭނަމަ ލިބޭލާރި އިތުރުވެސް ވެއެވެ.
“އަހަރެން މީ ވެރިމީހާއަށް ނުވަންޔާ ދެން ވަޒީފާއެއްގައި މަސައްކަތް ކުރާކަށް ބޭނުމެއް ނޫން” ޕައިލް ބުންޏެވެ. “މިހާރު އަހަރެން އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ ވަރަށް ފަސޭހަ މަސައްކަތެއް”