-Advertisement-

-Advertisement-

އުރީދޫ މަސް ރޭސް 2024ގެ ފުރަތަމަ ބުރު ނިންމާ، އިނާމު ހަވާލު ކޮށްފި

އުރީދޫ މަސް ރޭސް 2024ގެ ފުރަތަމަ ބުރު، ކ. ހިންމަފުށީ. ފޮޓޯ: އުރީދޫ މޯލްޑިވްސް

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސް ރޭހުގެ މި އަހަރުގެ މުބާރާތް ބާއްވައި، ވަނަވަނަ ލިބުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ.

މި އަހަރުގެ މަސް ރޭހުގެ ފުރަތަމަ ބުރު ކުރިއަށް ދިޔައީ ކ. ހިންމަފުށީގައެވެ. ހިންމަފުށި ހިމެނޭހެން ޖުމްލަ 3 ރަށެއްގައި މި މުބާރާތް ކުރިއަށް ގެންދާނެކަމަށް އުރީދޫއިން ބުނެފައިވެއެވެ. މި ހަރަކާތް ހިންމަފުށީގައި ފައްޓަވައިދެއްވާފައި ވަނީ އުރީދޫގެ ސީއީއޯ ޚާލިދު އަލް ޚަމާދީއެވެ. ހިންމަފުށިން މަސްރޭހުގައި ބައިވެރިވުމަށް 21 އަށް ވުރެ ގިނަ ޓީމުން ރެޖިސްޓަރކޮށްފައިވެއެވެ.

އެއްވަނަ ޓީމަކަށް 25،000 ރުފިޔާ އިނާމެއް ދިނުމަށް އުރީދޫން ވަނީ ނިންމާފައެވެ. މަސްރޭހުގައި ޖުމްލަ 126،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

ހިންމަފުށީގައި ކުރިއަށް ދިޔަ މުބާރާތުގައި ބައިވެރިވި ޓީމުތަކުގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން 8 – 12 މެމްބަރުން ހިމެނެއެވެ.

މަސްރޭހުގައި ދިނުމަށް ހަމަޖެހިފައިވާ އިނާމުތައް:

  • އެއްވަނަ ޓީމް: 25،000 ރުފިޔާ
  • ދެވަނަ ޓީމް: 10،000 ރުފިޔާ
  • ތިންވަނަ ޓީމް: 5000 ރުފިޔާ
  • އެންމެ މޮޅު ފިރިހެން މަސްވެރިޔާ: 1000 ރުފިޔާ
  • އެންމެ މޮޅު އަންހެން މަސްވެރިޔާ: 1000 ރުފިޔާ

މި މުބާރާތުގެ ވަނަވަނަ ހޯދި ފަރާތްތައް:

  • ޗެމްޕިއަން ޓީމް: ޓީމް ސިފްކޯ – 999.35 ޕޮއިންޓް
  • ދެ ވަނަ ޓީމް: ގޯޅިއަންސް ސްޕޯޓްސް ކްލަބް – 807.85 ޕޮއިންޓް
  • ތިން ވަނަ ޓީމް: ޓީމް ޑިޓިއުން ފިޝިން – 608.1 ޕޮއިންޓް
  • އެންމެ ބަރު މަސް – ހަސަން ނައީމް، މާސްޓަކްލާސް (37.7 ކިލޯގެ ފާނައެއް)
  • އެންމެ މޮޅު ކެޔޮޅު (ފިރެހެން) – ހަސަން އައްޒާމް، ގޯޅިއަންސް ސްޕޯޓްސް ކްލަބް (25 މަސް)
  • އެންމެ މޮޅު ކެޔޮޅު (އަންހެން) – ފާތިމަތު ފެޒްލީން، ޑިޓީއުން ފިޝިން (17 މަސް)

ކ. ހިންމަފުށީގެ އިތުރުން ޅ. ނައިފަރާއި ތިނަދޫ ސިޓީގައި ވެސް މަސް ރޭސް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. ތިނަދޫ ސިޓީގައި މަސްރޭސް އޮންނާނީ އަންނަ ހުކުރު ދުވަހެވެ. އަދި، ނައިފަރުގައި މުބާރާތް ފަށާނީ މި މަހުގެ 23 ވަނަ ދުވަހެވެ.

އުރީދޫއިން ބުނީ މި ރޭހަކީ އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބާއްވާ މުބާރާތެއްކަމަށާއި، ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަގަދަ މަސްވެރިކަމުގެ މުބާރަތަށް މި މުބާރާތް ވާނެކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-