އިންޑިޔާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 1000 ސިވިލް ސަރވެންތުން ތަމްރީނު ކުރުމަށް ނިންމައިފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިވެހި ދިވެހި ސިވިލް ސަރވެންޓުންނަށް އިތުރު ތަމްރީނުތައް ދިނުމަށް ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި އިންޑިއާގެ ނެޝަނަލް ސެންޓަ ފޯ ގުޑް ގަވަނަންސްއާ ދެމެދު ރޭ ވަނީ ފަހުމު ނާމާއެއްގައި ސޮއިކޮށްފައެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން މި ފަހުމު ނާމާގައި ސޮއިކޮށްފައި ވަނީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހެވެ.
ޖައިޝަންކަރުގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ބައިވެރިވެ ވަޑައިގެން މި ރަސްމިޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޒަމީރު ވިދާޅުވީ، ރާއްޖޭގެ އެންމެ ގާތް އަދި ތަރައްޤީގެ އެންމެ ބޮޑު އަދި އިސް ބައިވެރިޔަކީ އިންޑިޔާކަމުގައެވެ.
މީގެ އިތުރުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އެތައް އަހަރެއް ވަންދެން ދެމިގެން ގޮސްފައިވާ ކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި އިންޑިއާ ދެމި އޮތުމާ ގުޅިގެން ދިވެހި ރައްޔިތުން ވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށްކަމުގައެވެ.
ރާއްޖޭގެ މުވައްޒަފުން ތަމްރީން ކުރުމަށް އިންޑިއާއާ އެކުގައި ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން މީގެކުރިން ވެސް އެކިއެކި މުއައްސަސާތަކުގައި ތިބި މުވައްޒަފުން އިންޑިއާގައި ތަމްރީންކޮށްފައިވެއެވެ.