-Advertisement-

-Advertisement-

މާލޭގެ އެކި ސަރަހައްދުތަކުން މިއަދުވެސް ކަރަންޓް ކެނޑިދާނެ

ސްޓެލްކޯ މައި އޮފީސް – ފޮޓޯ: އެޑިޝަން

ސްޓެލްކޯގެ ފަރާތުން ކަރަންޓް ވިއުގަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދާތީ އެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެއްޖެއެވެ.
އެކުންފުނިން ބުނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ، މާލޭ އަމީރު އަޙުމަދު މަގު އަދި ބޮޑުތަކުރުފާނު މަގު އަދި ލޮޓަސް ގޯޅި ހިމެނޭ ސަރަޙައްދުން މިއަދު މެންދުރުފަހު 14:30 އިން 16:30 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ބުރުޒު މަގު، ބޮޑުރަސްގެފާނު މަގު، ނިރޮޅު މަގު އަދި ޝަބްނަމް މަގު ހިމެނޭ ސަރަޙައްދުން މިއަދު މެންދުރުފަހު 14:30 އިން 16:30 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

އަދި ދީފްރަމް ގޯޅި، ފިނިފެންމާ ގޯޅި، ގަލަދުން ގޯޅި އަދި މެހެލި ގޯޅި ހިމެނޭ ސަރަޙައްދުން މިއަދު ހެނދުނު 10:00 އިން 12:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް ބެލެވޭ އިރު، ސަތަރު ގޯޅި، ސަބްދެރިޔާ މަގު، ރަށްދެބައި މަގު އަދި އަނޯނާ ގޯޅި ހިމެނޭ ސަރަޙައްދުން ވެސް ހަމަ އެ ގަޑީގައި ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. .

އޭގެ އިތުރުން، ހުޅުމާލެ ފޭސް 1، އޮނުގަސް މަގު، އަސުރުމާ ހިނގުން، ރީތިގަސް މަގު އަދި ހައިވަކަރު މަގު ހިމެނޭ ސަރަޙައްދުން މިއަދު ހެނދުނު 10:00 އިން 11:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ
އެކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-