-Advertisement-

-Advertisement-

ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގެ ކުށުގައި 13 ކަރެކްޝަންސްގެ އޮފިސަރެއްގެ މައްޗަށް ދައުވާކުރުމަށް އެދިއްޖެ

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާރވިސް

މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދާ ކަމުގެ ތުހުމަތުގައި 13 ކަރެކްޝަނަލް ސާވިސް އޮފިސަރުންގެ މައްޗަށް ދައުވާކުރުމަށް އެދި ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު މާފުށީ ޖަލުގައި ފުލުހުން ހިނގި އޮޕަރޭޝަނެއްގައި ފުލުހުން ވަނީ ގިނަ އަދަދެއްގައި ފޯނު އަތުލައިފައެވެ. މިމައްސަލަ އާއި ގުޅިގެން ޖަލަށް ފޯނާއި ޑްރަގްސް ވައްދުމުގައި އެހީތެރިވެދީފައިވާ 13 ޖަލު އޮފިސަރެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވާއިރު، ފުލުހުން ބުނެފައި ވަނީ އެމީހުންގެ މައްޗަށް ތުހުމަތުވާ ހެކިތައް އެބަ ހުރި ކަމަށެވެ.

ކަރެކްޝަންސްގެ 18 އޮފިސަރެއް މިކަމުގައި ބައިވެރިވެފައިވާ ކަމަށާއި އެމީހުންގެ އެކައުންޓްތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭގެ ތެރެއިން އެއް އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން ޖުމްލަ 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލައިގައި ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވާފައިވާ މީހުންގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

ދައުވާކުރަން ފޮނުވި 13 އޮފިސަރުންގެ ތެރޭގައި ހިމެނެނީ:

– މާޒިން ހަމީދު، 22 (ހަވޭލި، ފ. ނިލަންދޫ)

– ޖިނާހް އަބްދުއްރަހީމް، 29 (އައިވަރީ ހައުސް، ރ. އުނގޫފާރު)

– މުހައްމަދު ފަތޫހް ފަތުހުﷲ، 24 (ކުއްޅަވަށްގެ، ގއ. ވިލިނގިލި)

– އަލީ ހިޝާމް، 33 (ބީޗްހައުސް، ކ. މާފުށި)

– މުހައްމަދު ނަބްހާން، 30 (ގ. އިވްނިންސްޓާ)

– މުހައްމަދު ނަބީލް އިބްރާހީމް، 21 (މ. މޭދާ)

– އަލީ ނާޒިމް، 36 (ތަރާނާ، ހދ. ނޭކުރެންދޫ)

– ޒަޔާން އަހުމަދު، 23 (މާވިނަ، ކ. މާފުށި)

– ޔާމީން ހުސެއިން 23 (ހިޖާޒް، ރ. މީދޫ)

– އަހުމަދު ޝަމާލް، 24 (ފަހާގެ، ށ. ފޯކައިދޫ)

– މުހައްމަދު ރިމާޒް، 29 (ދަނބުމާގެ، ށ. ފޯކައިދޫ)

– އަލީ އަޝްފާގު، 32 (ކާމިނީގެ، ނ. ލަންދޫ)

– އަހުމަދު އަނޫފް، 27 (ކާމިނީގެ، ނ. ލަންދޫ)

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-