މާލެއިން 23 އަހަރަކު ޒުވާނަކު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ‘އެކްސް’ އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގެއްލިގެން ހޯދަމުން ދަނީ ހދ. ކުޅުދުއްފުށީ، ކިނާރާގެ، އަޙްމަދު އަނިލް މުހައްމަދު (23އ) ކަމަށެވެ. އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
އަނިލްގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނުކަމަށެވެ.
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791382 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.