ސައިވެރިން ކުރި ދިރާސާއަކުން އާޓިފިޝަލް ސްވީޓްނާރގައި އެއް ކަމަށްވާ އެރީތުރައިޓޯލްގެ ސަބަބުން ހިތަށް ނޭދެވޭ އަސަރުކުރާމަށް ދައްކާފިއެވެ.
ޖުމްލަ ސިއްޚަތު ރަނގަޅު 20 ބައިވެރިންނާއި ހެދި ޓެސްޓުގައި އެރީތުރައިޓޯލް ބޭނުން ކޮށްގެން ހެދިފައި ހުންނަ ފޮނި ތަކެތި ނުވަތަ ބުއިންތަކުގެ ސަބަބުން ލޭގައި ހުންނަ ޕްލޭޓްލެޓްސްތަކުގެ ހަރަކާތްތައް އަވަސްވެގެން ދެއެވެ. މީގެ ސަބަބުން ލޭގަނޑުވުމަށް މަގުފަހިވެގެން ދާނެއެވެ.
ޑޮކްޓަރ ސްޓޭންލީ ހޭޒަން އާއި އެކު ހިންގާ މި ޓީމުން ބެލިބެލުމުގައި ހަކުރު ބޭނުންކުރުމުން މިފަދަ އަސަރެއް ލޭގެ ހުންނަ ޕްލޭޓްލެޓަކަށް ނުކުރާކަމަކަށެވެ.
“ވަރަށް ގިނަ ފަރާތްތަކުން އިރުޝާދުދޭނެ ހިތުގެ ބައްޔަށް ހުށަހެޅިފައިވާ މީހުން ކަމަށްވާ އޮބީސިޓީ، ހަކުރުބަލި، މެޓަބޮލިކް ސިންޑްރޯމް ފަދަ މީހުންނަށް ހަކުރު ނުކާން އަދި އޭގެ ބަދަލުގައި ޕެކެޓް ސްވީޓްނާއެއް ބޭނުން ކުރުމަށް” ކޭޒަން ބުންޏެވެ. “ނަމަވެސް މި ދިރާސާއިން ދައްކާގޮތުގައި މިފަދަ އެރީތުރައިޓޯލް ނުވަތަ އެހެނިހެން ހަކުރުގެ ބަދަލުގައި ބޭނުންކުރާ އާޓިފިޝަލް ސްވީޓްނާ ތަކުން ހިތުގެ ރައްކާތެރިކަމަށް ހުރަސް އަޅާކަމަށް ދައްކައެވެ.”
މި އާ ހޯދުންތައް ޝާއިއުކޮށްފައިވަނީ ބުރާސްފަތި ދުވަހު އަހާ ޖޯނަލްސްގެ އޭޓްރިއޯ، ތުރޮމްބޯސިސް، އޭންޑް ވެސްކިއުލާ ބައޮލޮޖީ ބައިގައެވެ.