-Advertisement-

-Advertisement-

ޖައިޝަންކަރު އައްޑުއަށް ވަޑައިގެންފި

އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު އައްޑުއަށް ވަޑައިގެންފިއެވެ.
އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫތައް އިފްތިތާހުކޮށް ދެއްވުމަށް ޖައިޝަންކަރު އައްޑޫއަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ޖައިޝަންކަރަށް އައްޑޫ އިންޓަރނޭނަޝަނަލް އެއާރޕޯޓުން މަރުހަބާ ދެންނެވުމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރުގެ އިތުރުން ރައްޔިތުންގެ މަޖިލިހުގައި އައްޑޫގެ އެކި ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވަޑައިގެންނެވިއެވެ.
ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް މުއިއްޒު އާ ވަނީ ބައްދަލުކުރައްވާފައެވެ.
އަދި މި ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ގުޅުން ދައްކުވައިދޭ ނިޝާނެއްގެ ގޮތުގައި ޖައިޝަންކަރު އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ މާލޭ ލޮނުޒިޔާރަތް ޕާކުގައި ކާމަރަނގަ ގަހެއްވެސް އިންދަވައިފައެވެ.
އިންޑިއާގެ އެހީގައި ރާއްޖޭގެ 28 ރަށެއްގައި ކުރިޔަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފުރިހަމަކޮށް އިންޑިއާ ސަރުކާރުން ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-